ވޯސޯ (އޮކްޓޯބަރު 27) : ޕޮލެންޑްގެ ޕާލަމެންޓްރީ އިންތިޚާބު، އެގައުމުގެ އިދިކޮޅު ކަނާތުފިޔައިގެ ހަރުކަށި ޕާޓީން ކާމިޔާބުކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގައި އިދިކޮޅު ކަނާތުފިޔައިގެ ހަރުކަށި ޕާޓީ ކަމަށްވާ ލޯ އެންޑް ޖަސްޓިސް ޕާޓީއަށް ޕޮލެންޑްގެ ޕާލަމެންޓްގެ ޖުމްލަ ގޮނޑީގެ 38 އިންސައްތަ ލިބިފައިވެ އެވެ. އެހެންކަމުން އެހެން ޕާޓީއަކާނުލައި ސަރުކާރެއް އެކުލަވާލުމުގެ ފުރްސަތު މިވަރުން އެ ޕާޓީއަށް ލިބޭނެއެވެ.

ޕޮލެންޑްގެ ލޯ އެންޑް ޖަސްޓިސް ޕާޓީއަކީ މުސްލިމުންނާއި އެގައުމަށް ހިޖްރަކުރާ އެފްރިކާއާއި އޭޝިޔާގެ ގައުމުތަކުގެ މީހުން ދެކެ ނަފްރަތުކުރާ ސިޔާސަތެއް ގެންގުޅޭ ހަރުކަށި އަދި ނަސްލީ އިމްތިޔާޒުގެ އުސޫލުތަކަށް ނުސީދާ ގޮތެއްގައި ތާއީދުކުރާ ޕާޓީއެކެވެ. އެ ޕާޓީ މުސްލިމުންނާމެދު ދެކެނީ އެ ގައުމުގެ އަމްނާއި ސަލާމަތަށް އޮތް ބިރެއްގެ ގޮތުގައެވެ. އަދި ޔޫރަޕްގެ ގައުމުތަކަށް ހިޖްރަކުރާ މުސްލިމް ރެފިއުޖީންނަކީ ނުރައްކާތެރި ބަލިތައް ޖެހިފައިވާ މުޑުދާރު ބައެއްގެ ގޮތުގައިވެސް މިޕާޓީން ސިފަކޮށް ޕްރޮޕަގެންޑާ ކުރަމުން ދެއެވެ.

މިފަހަރުގެ ޕާލަމެންޓްރީ އިންތިޚާބުގައި ލޯ އެންޑް ޖަސްޓިސް ޕާޓީއަށް މިހާބޮޑު އަޣްލަބިއްޔަތެއް ލިބުނީ ޔޫރަޕަށް ހިޖްރަކުރާ މުސްލިމް މުހާޖިރުންގެ ކިބައިން ޕޮލެންޑް ސަލާމަތް ކޮށްދޭނެ ކަމުގެ ވައުދުގެ ސަބަބުންކަމަށް މުޙައްލިލުން ދެކެ އެވެ. ޕޮލެންޑްގެ ގިނަ ރައްޔިތުންނަކީ ކެތަލިކް ކްރިސްޓިޔަނުންނެވެ. ޕޮލެންޑްގެ ގިނަ ބަޔަކަށް މުސްލިމުންގެ ހަގީގަތް ނޭންގޭއިރު މުސްލިމުންނަކީ ބޮން ގޮއްވައި ޓެރަރިސްޓް އަމަލުތައް ހިންގައި ކުށެއް ނެތްމީހުން މަރާ ނުބައި ބައެއްކަމަށް އެގައުމުގެ މީޑިޔާއިން ސިފަކުރަމުން ގެންދެއެވެ. ޕޮލެންޑްގެ މީޑިޔާއަށް އަތްގަދަކޮށްފައިވަނީ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކާއި ޔަހޫދީ މަހުޖަނުންނެވެ.

މި ޕްރޮޕަގެންޑާގެ ދަލުގައި ޕޮލެންޑްގެ ގިނަ ރައްޔިތުން ޖެހުމުގެ ސަބަބުން އެ މީހުން ގިނަބައެއްގެ ހިތް މުސްލިމުންނާމެދު ވަރަށްގޯސްކަމަށް ވެއެވެ. މިއާއެކު ޕޮލެންޑްގެ ރައްޔިތުންގެ މެދުގައި އިސްލާމް ފޯބިޔާ އުފެދިފައިވާ މިންވަރުގެ ބޮޑުކަމުން އެއިން ނާޖާއިޒް ފައިދާ ނަގައިގެން އިންތިޚާބު ކާމިޔާބު ކުރުމުގައި ލޯ އެންޑް ޖަސްޓިސް ޕާޓީ ބޮޑު ކާމިޔާބީއެއް ހޯދީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕޮލެންޑްގެ ލޯ އެންޑް ޖަސްޓިސް ޕާޓީއަކީ 2010 ވަނަ އަހަރު މަތިންދާބޯޓު ވެއްޓުމުގެ ޙާދިސާއެއްގައި އަވަހާރަވި އެގައުމުގެ އޭރުގެ ރައީސް ލެކް ކަޝިންސްކީ ގެ ޕާޓީއެވެ. އެޕާޓީގެ މިހާރުގެ ޒައީމަކީ ލެކް ކަޝިންސްކީ ގެ އެއްމާބަނޑު ކޮށްކޮ ޔަރޮސްލާވް ކަޝިންސްކީ އެވެ. (އާރުޓީ)