27 Oct 2015, 17:04
މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް ކުރެވި އެސްއެމްއެސް ކުރެވޭ ހިދުމަތް އުރީދޫ އިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ދިނުމަށް އެއްބަސްވެއްޖެ އެވެ.
އުރީދޫ އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެސްޓީއޯގެ ފަރާތުން އެމްވީޕީއެން ގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުއެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެހިދުމަތަކީ އެންމެ ރަނގަޅު އަގުގައި ބޭނުން ކުރެވޭ ހިދުމަތަކަށްވުމުން ކޯޕަރޭޓް ކަސްޓަމަރުންގެ ތެރޭގައި ވަރަށް މަގުބޫލް ހިދުމަތެއް ކަމަށެވެ.
ގްރޫޕް ތެރޭގައި ހަތަރު އަދަދުގެ ކުރު އަދަދު ބޭނުންކޮށްގެން ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭ އުރީދޫގެ އެމްވީޕީއެން ޚިދުމަތަކީ މިހާރު ވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގައި ބޭނުންކުރަމުން އަންނަ ޚިދުމަތެކެވެ. އެގޮތުން ޕޮލިސް، އެމްއެންޑީއެފް، ޑީޕީއާރުއެސް، ޕީޖީ އޮފީހުގެ އިތުރުން ގިނަ ރިސޯޓުތަކެއްގައި ވެސް އެ ޚިދުމަތް ބޭނުންކުރެ އެވެ.