ހެންވޭރު އަމީރު އަހްމަދު މަގު، މޯލްޑިވިއަން އޮފީސް ކައިރީގައި ހުންނަ ފާލަންދޮށުގޭގައި ހުންނަ ނާއިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ އޮފީހެއް ބަލައިފާސްކޮށް އެތަނުން ބައެއް ތަކެތި ފުލުހުން ގެންގޮސްފިއެވެ.

އެ އޮފީސް ބަލައިފާސްކުރުމަށްފަހު ފުލުހުން ވަނީ ދެކޮތަޅެއްގައި އެތަނުން ތަކެތި ގެންގޮސްފައެވެ. ނަމަވެސް އެ ކޮތަޅުތަކުގައި ހުރީ ކޯއްޗެއް ކަމެއް ނޭނގެއެވެ.

ކޮމްޕިއުޓަރުގެ ސީޕީޔޫއެއް ވެސް ފުލުހުން ވަނީ އެ އޮފީހުން ގެންގޮސްފައެވެ.

ފާލަންދޮށުގޭގައި ހުންނަ އަދީބުގެ އޮފީހަކުން ބައެއް ތަކެތި މިއަދު ފުލުހުން ގެންދަނީ -- ސަން ފޮޓޯ/ އަހުމަދު އާޒިފު

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ބަލައިފާސްކުރަންޖެހޭ ތަންތަނަށް ބަލައިފާސްކޮށް ހައްޔަރުކުރަންޖެހޭ މީހުން ހައްޔަރުކުރުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ.

ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެ މައްސަލައިގެ ތަފްސީލު ހާމަކުރެވެން ނެތް ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.