27 Oct 2015, 12:58
ސަރުކާރުން ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް 3.13 މިލިއަން ރުފިޔާގެ މެޝިނަރީޒް ފޯރުކޮށްދީފީ އެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު މިއަދު ސަން އަށް ވިދާޅުވީ އެކި ދުވަސްމަތިން ސަރުކާރުން ފޯރުކޮށްދިން އެ މެޝިންތައް މިހާރު އިންސްޓޯލްކޮށް ނިމިފައިވާ ކަމަށެވެ.
"މިދިޔަ ހޮނިހިރު ދުވަހު ހުރިހާ މެޝިނަރީޒް އިންސްޓޯލްކޮށް ނިމުނީ. މިކަމުގެ ސަބަބުން މި ހޮސްޕިޓަލުންދޭ ޚިދުމަތްތަކަށް ބޯޑެތި ފަސޭހަތަކެއް ލިބިގެންދާނެ،" ފަރުޒާދު ވިދާޅުވި އެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ސަރުކާރުން ފޯރުކޮށްދިން މެޝިނަރީޒް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް
އޭނާ ވިދާޅުވީ ސްކޭން ކުރުމުގެ ޚިދުމަތާއި އައިސީޔޫގެ ޚިދުމަތް ވެސް ކުރިއަށްވުރެ މިހާރު ރަނގަޅުވާނެ ކަމަށެވެ. އަދި ބޮޑެތި އެކްސިޑެންތުތަކުގައި ބަލި މީހާ އެނދުގައި ބާއްވައިގެން އެކްސްރޭ ނެގޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ފަރުޒާދު ވިދާޅުވި އެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ސަރުކާރުން ފޯރުކޮށްދިން މެޝިނަރީޒް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް
ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް އަލަށް ފޯރުކޮށްދިން މެޝިނަރީޒްގެ ތެރޭގައި އަލްޓްރާ ސައުންޑް ސްކޭން މެޝިން، މޯބައިލް ސީއާމް އެކްސްރޭ ޔުނިޓް، އެނެސްތޭޝިއާ މެޝިން، ފޭޓަލް މޮނިޓާ، ޕޭޝަންޓް މޮނިޓާ ޑީފައިބްރިލޭޓާ
ކޯޝަރީ މެޝިން، ވެންޓިލޭޓަރު، ސަކްޝަން މެޝިން، އީސީޖީ މެޝިން، ބައިނޯކިއުލާ ސްޓްރެޕްސް، އެގްޒެމިނޭޝަން ލައިޓް ނެބިއުލައިޒާ، ލެރިންގޮސްކޯޕް ސެޓް، ރިފްލެކްސް ހެމާ ހިމެނެ އެވެ.