27 Oct 2015, 01:21
ނައިބު ރައީސް އަހުމަދު އަދީބުގެ ބޭބެ އަދި ގަލްފް ކްރާފްޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާމިދު އިސްމާއިލް ދިރިއުޅުއްވާ، މ. ޝުރާ މަންޒިލަށް ފުލުހުން މިރޭ ވަނުމަށްފަހު، ނޫސްވެރިން އެ ސަރަހައްދުން ދަރަށް ޖެއްސުމަށްފަހު ބައެއް ތަކެތި އެ ގެއިން ނެރެގެން ގެންގޮސްފި އެވެ.
އެ ގެއިން ބައެއް ތަކެތި ފުލުހުން ނެރެގެން ގެންދިޔައިރު، އެ ސަރަހައްދުން ހަމައެކަނި ދުރަށް ޖެއްސީ ނޫސްވެރިންނެވެ. ނަމަވެސް ދުއްވާ އެއްޗެއްސާއި އާންމުންނަށް އެ ސަރަހައްދަށް ވަދެ ނުކުމެވޭ ގޮތް ފުލުހުން ހެދި އެވެ.
މ. ޝުރާ މަންޒިލް ބަލައި ފާސްކުރުމަށްފަހު، ފުލުހުން އެގެއިން ނުކުތީ މިރޭ މެންދަމު 1:00 ޖަހަން އުޅެނިކޮށެވެ.
އެ ގެއިން ނެރުނީ ކޮން އެއްޗެއް ކަމެއް ނޭނގެ އެވެ. ފޮރެންސިކް ފުލުހުން ގެންގުޅޭ ކަރުދާހުގެ ދެ ކޮތަޅުގެ ތަކެތި ނެރެގެން ފުލުހުންގެ ވެހިކަލަށް އެރުވިތަން ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

ރިޔާސީ ލޯންޗުކޮޅުގެ ތަހުގީގަށް މިހާތަނަށް ފުލުހުން ވަނީ މާލޭގެ އެކިތަންތަން ބަލާ ފާސްކޮށްފަ އެވެ. ބަލައި ފާސްކުރުމުގެ އޮޕަރޭޝަން ހަލުވިކަމާއެކު ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އަދީބު ހައްޔަރުކޮށް، ދޫނިދޫގައި ބަންދު ކުރުމަށްފަހު އެވެ.