26 Oct 2015, 21:14
މޯލްޑިވްސް މާކެޓިން އެންޑް ޕަކްރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޯޑަށް ދެ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޯޑަށް އައްޔަން ކުރީ މާލެ ދަފްތަރު 4286 ހާރިޝް މުހައްމަދާއި ތ. ތިމަރަފުށީ، މާލޭގެ، އަހުމަދު ޝަރީފް ކަމަށެވެ.
Harish Mohamed, Dafthar 4286 and Ahmed Shareef, Maaleyge, Th.Thimarafushi has been appointed to the vacant two seats of MMPRC board.
— Mohamed Nizar (@nixaar)October 26, 2015
ހާރިޝް އާއި ޝަރީފު އައްޔަން ކުރީ އެ ބޯޑުން ކުރިން ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށެވެ.
ހާރިޝު މަސައްކަތް ކުރައްވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގަ އެވެ. އަދި ޝަރީފު މަސައްކަތް ކުރައްވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ނާއިބެއްގެ މަގާމުގަ އެވެ.
ފުލުހުންގެ އިދާރާގެ އިސްވެރިންނަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަބްދުﷲ ޒިޔަތު އަދިވެސް ހުންނެވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.