26 Oct 2015, 15:46
އަފްޣާނިސްތާން ސަރަހައްދަށް 7.7ގެ ބާރު މިނުގައި އައި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެ އަށް ނުކުރާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ، މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އަފްޣާނިސްތާން ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެ އަށް އެއްވެސް ވަރަކަށް ނުކުރާ ކަމަށެވެ.
އެ ބިންހެލުން އަައިސްފައި ވަނީ އަފްޣާނިސްތާނުގެ ފަރުބަދަ މަތީ ސަރަހައްދަކަށެވެ.
ބިންހެލުމުގެ އަސަރު ޕާކިސްތާނަށް ވެސް ވަރަށް ބޮޑަށް ކުރި ކަމަށް ޕާކިސްތާން މީޑިއާތަކުން ބުނެ އެވެ. ބިން ހެލުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ނޭނގެ އެވެ.