26 Oct 2015, 16:09
އެސޯސިއޭޝަން އޮފް ނެޝަނަލް އޮލިމްޕިކް ކޮމިޓީސް (އޭއެންއޯސީ) ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޗެއާމަން އަދި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު އެމެރިކާއަށް ވަޑައިގެންފި އެވެ.
މިދަތުރަށް ފަހު ޝަވީދު އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ މަހު އެއް ވަނަ ދުވަހުއެވެ.
އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި މިމަހު 29 ފެށިގެން 30 ހަމަޔަށް ކުރިއަށްދާ ޕްރޮގްރާމްގައި ދުނިޔޭގެ 209 ގައުމުން 1000 މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ޖެނަރަލް އެސެމްބްލީގެ ކުރިން މާދަމާއާއި އަނެއް ދުވަހު އޭއެންއޯސީގެ އެގްޒެކެޓިވް ކައުންސިލްގެ މީޓީންތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ ޖެނެރަލް އެސެމްބްލީގައި 2024 ވަނަ އަހަރު ހޫނު މޫސުމްގެ އޮލިމްޕިކް މުބާރާތް އެމެރިކާގައި ބޭއްވުމަށް ޖެނެރަލް އެސަމްބްލީއިން ފާސް ކުރާނެއެވެ.