26 Oct 2015, 15:17
ހެންވޭރު ސަންލީޓްގައި ހުންނަ އުރީދޫ އޮފީހުގެ ސެކިއުރިޓީ ގާޑް ރަހީނުކޮށް ތިން ތިޖޫރި ފަޅާލައި 100000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ބަޔަކު ހޯދަން ފަށައިފި އެވެ.
އެވައްކަން ކުރިކަމުގެ ތުހުމަތުގައި ފުލުހުން މިއަދު ވަނީ ހަތަރު މީހަކު ހޯދަން އިއުލާން ކޮށްފަ އެވެ.
އޭގެން އެއްވެސް ފަރާތެއްގެ މައުލޫމާތު އެނގޭ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9911099 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން އެދެއެވެ.
"މިފަދަ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ފުލުހުނާ ހިއްސާކުރާ ފަރާތްތައް ސިއްރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަމެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ." ފުލުހުން ބުންޏެވެ.