މާލެއިން ފުރައިގެން އަރިއަތޮޅަށް ދަތުރުކުރި "މާރަނަ 4" ނަމަކަށް ކިޔާ ސަޕްލައި ދޯނީގެ ދެ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް ކޯސްޓްގާޑަށް ނަގައިފި އެވެ.

މާރަނަ ދޯނި ގެއްލިގެން ހޯދަމުން ދަނިކޮށް، އޭގައި ދަތުރުކުރި ތިން މީހުންގެ ތެރެއިން އެކަކު ފެނުނީ މިއަދު ހެނދުނު އެވެ.

އެ ދޯނިން ދަތުރުކުރީ ދެ ބިދޭސީންނާއި ދިވެއްސެކެވެ.

އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ސަރަހައްދުން ދަތުރު ކުރި ދޯންޏަކަށް ފުރަތަމަ ނަގާފައި ވަނީ ބިދޭސީއެކެވެ.

އޭގެ ގާތްގަނޑަކަށް 45 މިނިޓް ފަހުން އެ ސަރަހައްދުން ދިޔަ އެއާޓެކްސީއަކަށް ދެ މީހަކު ކަނޑުން ފެނިގެން ކޯސްޓްގާޑަށް ވަނީ އެކަން ރިޕޯޓްކޮށްފަ އެވެ. އެއަށް ފަހު ކޯސްޓްގާޑް އުޅަނދު އެ ސަރަހައްދަށް ގޮސް އެތަނުން އެކަކު ވަނީ ނަގައިފަ އެވެ. ފެނުނު ދެވަނަ މީހާއަކީ ވެސް ދެ ވަނަ ބިދޭސީ މީހާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިހާރު ނުފެނި ވަނީ އެންމެ މީހެކެވެ. އެއީ ދޯނީގެ ކައްޕި އެވެ. އޭނާ ހޯދުމުގެ މަސައްކަތް ވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފްގެ އޮފިސަރު ސަން އަށް ވިދާޅުވީ ފުރަތަމަ ފެނުނު ބިދޭސީ މީހާގެ "ހާލު ވަރަށް ދެރަ" ކަމަށެވެ.

އެމްއެންޑީއެފުން ކޮށްފައިވާ ދެ ޓްވީޓް

ތަފްސީލް އަންނަނީ..............