ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ދިވެހި ނޫސްވެރިންތަކެއް ޗައިނާއަށް ފުރައިފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ) ގުޅިގެން އިންތިޒާމް ކޮށް މިއަދު ފުރި އެދަތުރުގައި ރާއްޖޭގެ ހަތް ނޫސްވެރިޔަކު ބައިވެރިވެއެވެ.

އެމްއެމްސީއިން ބުނިގޮތުގައި އެދަތުރުގެ ބޭނުމަކީ ޗައިނާ އާއި ރާއްޖެ އާއި އޮންނަ ގުޅުން ބަދަހި ކުރުމާއި ޗައިނާގެ ތަރައްގީގެ މަސައްކަތްތަކާއި ސަގާފަތައް ދިވެހި ނޫސްވެރިންނަށް ދައްކާލުމާއި އަހުލުވެރިކުރުމެވެ.

އެދަތުރުގައި ބައިވެރިވާ މީޑިއާ ތަކުގެ ތެރޭގައި ސަން މީޑިއާ އާއި ވީ މީޑިއާ އާއި ދިޓީވީގެ އިތުރުން ރާއްޖެ ޓީވީ އާއި ސީއެންއެމްގެ އިތުރުން ޕީއެސްއެމް ހިމެނެއެވެ.

އެފަދަ ފުރުސަތުތައް ކުރިއަށްއޮތްތަނުގައިވެސް ދިވެހި ނޫސްވެރިންނަށް ހޯދައިދިނުމަށް މީޑިއާ ކައުންސިލްއިން މަސައްކަތް ކުރާނެ ކަމަށް އެކައުންސިލްއިން ބުނެއެވެ.