ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން އޮލިމްޕިކް ވީކްގެ ހަރަކާތްތައް ނުބާއްވަން ނިންމައިފި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ސިޔާސީ މަސްރަހުގައި ހިގަމުންދާ ކަންތައްތަކަށް ބަލާއިރު އޮލިމްޕިކް ވީކަށް އެކަށީގެންވާ ތަރުހީބު ލިބިދާނެ ކަމަށް އެ ކޮމެޓީއަށް ނުފެންނާތީ އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ބާއްވަން ނިންމާފައިވާ ހަރަކާތްތައް ނުބާއްވަން ނިންމީ ކަމަށެވެ.

އޮލިމްޕިކް ވީކް ފާހަގަކުރުމަށް ވަރަށް ގިނަ ހަރަކާތްތަކެއް އޮލިމްޕިކް ކޮމެޓީން ކުރިން ވަނީ ރާވާފައެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ހުޅުމާލޭގައި ބާއްވާ ސްޕޯޓްސް ފެސްޓިވަލާއި އޮލިމްޕިކް ވެލިއު އެޑިއުކޭޝަން ޕްރޮގްރާމާއި ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ބާއްވަން ހަމަޖެއްސި ޗެޓް ވިތު ޗެމްޕިއަންސް އަދި ނޭޝަނަލް އާޓްގެލެރީގައި ބާއްވަން ހަމަޖެއްސި މައުރަޒެއް ވެސް ހިމެނެއެވެ.