Last Updated: 1 decade 4 week ago

ނައިބު ރައީސް އަހުމަދު އަދީބުގެ ދޮށީ އަނބިކަނބަލުން ދިރިއުޅުއްވާ މ. ލިސްމާޓާއަށް ދާދި ދެންމެއަކު ފުލުހުން ވަދެއްޖެ އެވެ.
ދިހަ ބުރިއަށް އިމާރާތްކޮށްފައިވާ މ. ލިސްމާޓާގެ ގިނަ ފަންގިފިލާތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދާކަަށް އެސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް މިއަދުވެސް ބައެއްތަންތަން ބަލައި ފާސްކުރަމުން ގެންދާނޭ ކަަމަށެވެ.
ތަފްސީލް އަންނަނީ....
ނައިބު ރައީސް އަހުމަދު އަދީބުގެ ދޮށީ އަނބިކަނބަލުން ދިރިއުޅުއްވާ މ. ލިސްމާޓާއަށް ދާދި ދެންމެއަކު ފުލުހުން ވަދެ ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފި އެވެ.
ދިހަ ބުރިއަށް އިމާރާތްކޮށްފައި ހުރި މ. ލިސްމާޓާއަށް ފުލުހުން ވަނީ މިއަދު މެންދުރުގެ ބާރަ ޖަހާކަށްހާއިރު އެވެ. އެ ގެއަށް ފުލުހުން ވަން ހިސާބުން ފެށިގެން މާޔާ ކުލިނިކު ހުންނަ ސަރަހައްދުން ފެށިގެން މ. ލިސްމާޓާގެ ހުންނަ ސަރަހައްދާ ހަމައަށް އެއްވެސް ވެހިކަލަކަށް ނުވަދެވޭ ގޮތަށް އެ ސަރަހައްދު އެއްކޮށް ބަންދުކުރި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް މިއަދުވެސް ބައެއްތަންތަން ބަލައި ފާސްކުރަމުން ގެންދާނޭ ކަަމަށެވެ.
ހަތަރު ގަޑިއިރެއްހާއިރު ވަންދެން މ. ލިސްމާޓާ ބަލާ ފާސްކުރުމަށްފަހު އެގެއިން ފުލުހުން ނުކުމެގެން ދިޔައީ ގަޑިން ހަތަރެއް ޖަހަނިކޮށެވެ. އަދި އެގެއިން ފުލުހުން ނުކުމެގެން ދިޔަވަގުތު ޕްޓޮޕަކާއި އައިޕެޑަކާއި މެކް ލެޕްޓޮޕެއް ފުލުހުން ވަނީ ގެންގޮސްފަ އެވެ.
ނައިބު ރައީސް އަހުމަދު އަދީބުގެ ދޮށީ އަނބިކަނބަލުން ދިރިއުޅުއްވާ މ. ލިސްމާޓާއަށް ވަދެ އެގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފައިވާއިރު ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ނައިބު ރައީސް އަދީބު އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިއަދު އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން މިއަދު ވަނީ ޖަހާފަ އެވެ.
ނައިބު ރައީސް އަދީބުގެ ދޮށީ އަނބިކަނބަލުން ދިރިއުޅުއްވާ މ. ލިސްމާޓާއަށް ވަދެ އެގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފައިވާއިރު އޭނާގެ އޮފީސް ހުންނަ މ. ސެސްނާ ވެސް ފުލުހުން އިއްޔެ ވަނީ ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފަ އެވެ.
ނާއިބު ރައީސްގެ ދޮށީ އަނބިކަނބަލުން ދިރިއުޅުއްވާ މ. ލިސްމާޓާ އިން ގިނަ އަދަދެެއްގެ ސާމާނު ފުލުހުން ގެންގޮސްފި އެވެ. އެގެއިން ގެންދިޔަ ތަކެތީގެ ތެރޭގައި ލެޕްޓޮޕަކާއި އައިޕެޑަކާއި މެކް ލެޕްޓޮޕެއް ހިމެނެ އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުންގެ ފޮރެންސިކް ޓީމުގެ ބޭފުޅަކު ވަނީ މ. ލިސްމާޓާއަށް ވަދެފައި.
