25 Oct 2015, 17:30
ސީދާ ދެ އަހަރުގެ މުއްދަތަކަށްފަހު މަޝްހޫރު ބްރިޓިޝް ޓީވީ ޝޯ "ޝާލޮކް"ގެ ސީޒަން ހަތަރެއްވެސް ޖެނުއަރީ އެކެއްގައި ދެއްކުމަށް ހަމަޖައްސައިފި އެވެ.
"ބީބީސީ"ގެ ޝާލޮކް ހޯމްސްގެ ސީޒަން ދެއަކާއި ތިނެއްވެސް ފުރަތަމަ ފަށާފައި ވަނީ ޖެނުއަރީ އެކެއްގައެވެ. ޝާލޮކްގެ ސީޒަން ހަތަރެއް އަންނަ އަހަރު ދައްކާއިރު އަަންނަ އަހަރު ފުރަތަމަ ފަހަރަށް އެމެރިކާއާއި އިނގިރޭސިވިލާތުގައި އެ ޝޯ އެއް ވަގުތެއްގައި އަޅުވާނެ އެވެ.
އިއްޔެ ވަނީ ޝާލޮކްގެ ހަތަރު ވަނަ ސީޒަންގެ ޓްރެއިލާ ވަނީ ނެރެފައެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝާލޮކް އަކީ އެހެން ޝޯތަކާ އަޅާބަލާ އިރު ތަފާތު ޝޯއެކެވެ. އެ ޝޯގެ ޝީޒަން އެއް ނިންމާލުމަށްފަހު އިތުރު ސީޒަން އެއް ނެރެނީ ދެ އަހަރުގެ މުއްދަތުގެ މެދުކެނޑުމަށްފަހުގައެވެ. އެގޮތުން ސީޒަން އެއްގައި ހިމެނޭނީ 90 މިނެޓުގެ ތިން އެޕިސޯޑެވެ.
ޝާލޮކް އަކީ ސާ އާތޯރު ކޮނަން ޑޮއިލްގެ ކޮންޓެމްޕޮރަރީ ސީރީޒް "ޝާލޮކް ހޯމްސް" ޑިޓެކްޓިވް ވާހަކަފޮތްތަކުގެ މައްޗަށް އެކުލަވާލާފައިވާ ބްރިޓިޝް ކްރައިމް ޑްރާމާއެކެވެ. ޝޯގެ މުހިއްމު ރޯލުތަކުން ފެނިގެން ދާނީ ބެނެޑިކްޓް ކަމްބާބެޗް އާއި މާޓިން ފްރީމަން އެވެ.