25 Oct 2015, 11:44
ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލުމުގެ ހާދިސާއާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހއިފި އެވެ.
ނައިބު ރައީސް އަދީބުގެ ބަންދުގެ މުއްދަތު ޖެހީ އެމަނިކުފާނު ދޫނިދޫގައި ބަހައްޓައިގެން ދޫނިދޫ އާއި ކްރިމިނަލް ކޯޓު ވީޑިއޯ ކޮންފްރެންސުން ގުޅާލައިގެންނެވެ.
ކޯޓު އަމުރެއްގެ ދަށުން ނައިބު ރައީސް އިއްޔެ ހައްޔަރުކުރީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބާވަޑައިގަތް ވަގުތު އެވެ.
ނައިބު ރައީސްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަފްސީލު އަދި އެނގިފައެއް ނުވެ އެވެ.