25 Oct 2015, 11:23
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެޓުވިޓާ އެކައުންޓްހެކްކޮށް ސިޔާސީ ވާހަކަތަކެއް ޕޯސްޓްކޮށްފި އެވެ.
ގައުމީ ބޭންކުގެ ޓުވިޓާ އެކައުންޓް ހެކްކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
ހެކް ކުރުމަށް ފަހު އެކަންކުރި ބަޔަކު ވަނީ ބީއެމްއެލްގެ ޓުވިޓާ އެކައުންޓު މެދުވެރިކޮށް ސޯޝަލް މީޑިއާގައި ސިޔާސީ ޕޯސްޓްތަކެއް ކޮށްފަ އެވެ.
އެކަން ހާމަކޮށް ބީއެމްއެލް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ރޭގެ ވަގުތެއްގައި ބަޔަކު އެ ބޭންކުގެ ޓުވިޓާ އެކައުންޓް ބޭނުންކޮށްފައިވާ ކަމަށާއި އެ ބޭންކުން ސިޔާސީ އެއްވެސް ކަމެއްކައި ކޮމެންޓެއްކޮށް ނުވަތަ އެފަދަ އެއްވެސް ކަމެއްގައި ޝާމިލުނުވާނެ ކަމަށެވެ.
ބީއެމްއެލް އިން މިހާރު ވަނީ އެ ބޭންކުގެ ޓުވިޓާ އެކައުންޓް އެ ބޭންކުގެ ދަށަށް ގެނެސްފަ އެވެ.
ބީއެމްއެލްގެރަސްމީ ޓުވިޓާ އެކައުންޓް އަކީ، ޓުވިޓާ އިން ވެރިފައިކޮށްފައިވާ އެކައުންޓެކެވެ.