ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރު ކުރުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ނައިބު ރައީސް އަދީބުގެ ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނައިބު ރައީސްގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު 10:30 ގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑާއެކު މަސައްކަތްކުރާ ބައެއް ވަކީލުން އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ވަޑައިގަންނަވާނެ. އަޑުގަނޑު ހުންނާނީ ނައިބު ރައީސްގެ އަރިހުގައި ދޫނިދޫގައި،" ޝަމީމް ކޮށްފައިވާ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޗައިނާއަށްކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އިއްޔެ ރާއްޖެ ވަޑައިގެންނެވުމުން ނައިބު ރައީސް ހައްޔަރުކޮށްފައިވަނީ އެއާޕޯޓުންނެވެ. އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ، ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށެވެ.