25 Oct 2015, 08:56
ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މިއަދު ހެނދުނު 10:00ގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގައުމާ މުޚާތަބުކުރައްވާނެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ރައީސް ޔާމީން މިއަދު ހެނދުނު ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނީ ކޮން ވަގުތެއްގައި ކަމަށް މުއާޒު އޭރު ވިދާޅުވެފައެއް ނުވެ އެވެ.
މުއާޒުު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، "ގައުމުގެ މިހާރުގެ ހާލަތާގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު 10:00ގައި ގައުމާ މުޚާތަބުކުރައްވާނެ" ކަމަށެވެ.
ރައީސް ޔާމީން ގައުމާ މުހާތަބު ކުރައްވާއިރު، އެމަނިކުފާނުގެ ނައިބު އަހުމަދު އަދީބު އަބްދުލް ޣަފޫރު ވަނީ ހައްޔަރުކޮށްފަ އެވެ.
މިއީ ފިނިފެންމާ ލޯންޗުކޮޅުގެ ހާދިސާއަށް ފަހު، ރައީސް ޔާމީން ގައުމާ މުހާތަބުކުރައްވާ ފުރަތަމަ ފަހަރެވެ.