އަންނަ އަހަރު އޮންނަ އޭއެފްސީ 16 އަހަރުންދަށާއި 19 އަހަރުންދަށުގެ މުބާރާތުގެ ގުރުނެގުން މިއަދު އޭ އެފްސީން ބާއްވައިފި އެވެ.

މެލޭޝިއާގައި އޮތް ގުރުނެގުމުގައި 16 އަހަރުންދަށުގައި ރާއްޖެ ލައްވާލީ ބީ ގްރޫޕްގައެވެ. ކޮލިފައިން ކުޅެގެން މުބާރާތަށް ކޮލިފައިވާއިރު ރާއްޖެއާއެކު ސާކް ސަރަހައްދުގެ ދެ ޓީމު ހިމެނެއެވެ. އެއީ ޕާކިސްތާނާއި އަފްއާނިސްތާނެވެ. ދެން ހިމެނެނީ ޔޫއޭއީ އާއި ޔަމަނާ ކުވޭތެވެ.

ނަވާރަ އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ހިމެނެނީ އޭ ގްރޫޕްގައެވެ. މިގްރޫޕްގައި ދެން ހިމެނޭ ސަކް ސަރަހައްދުގެ ޓީމުތަކަކީ ނޭޕާލާއި ބަންގްލަދޭޝް އެވެ. މި ތިން ޓީމުގެ އިތުރުން ދެން ހިމެނެނީ އޭޝިއާގެ ފުޓްބޯޅައިގެ އެންމެ ބޮޑެތި ބާރުތައް ކަމަށްވާ ސައުދީއަރަބިއްޔާ އާއި އިރާގުގެ އިތުރުން އޮމާނެވެ.

ދެ މުބާރާތުގައިވެސް ކޮންމެ ގްރޫޕަކުން ވެސް ކޮލިފައި ވަނީ ދެ ޓީމެވެ. ނަމަވެސް ހުރިހާ ގްރޫޕެއް އެއްކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމުވެސް މުބާރާތަށް ކޮލިފައިވެ އެވެ.