Naibu Raees ah court amurudhakkai salaamathee baaruge dhashah gengosfi
Naibu Raees ah court amurudhakkai salaamathee baaruge dhashah gengosfi

Last Updated:
1 decade 1 month ago

ގައުމަށް ގައްދާރުވުމުގެ ތުހުމަތުގައި އަދީބު ހައްޔަރުކޮށް ދޫނިދުއަށް ގެންގޮސްފި

    ބުލޮގު ޚުލާސާ

    ރާއްޖޭގެ ނާއިބު ރައީސް އަހުމަދު އަދީބު ރާއްޖެ ވަޑައިގެން މާލެ ވަޑައިގަންނަވާ އިރަށް ރަސްމީ ފާލަން ހިމެނޭ، ގްރީން ޒޯން ބަންދުކޮށް ސަލާމަތީކަންކަން ވަރުގަދަކޮށްފި އެވެ.

    Naibu Raees ah court amurudhakkai salaamathee baaruge dhashah gengosfi
    Naibu Raees ah court amurudhakkai salaamathee baaruge dhashah gengosfi

    ނައިބު ރައީސް މިވަގުތު އިންނެވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ)ގެ ވީއައިޕީ ލޯންޗްގައި

    ތަފްސީލު އަންނަނީ

    15:27ފާތިމަތު ސައީދު

    ސިފައިންނާއި ފުލުހުން ކޯޓު އަމުރެއްގެ ދަށުން މ. ޒުހުރިއްޔާނުމާގެއަށް ވަދެއްޖެ. ކޯރުކެނޑިމަގުގައި ހުންނަ އެގެއަށް ފުލުހުންނާއި ސިފައިން ވަނުމާއެކު އެ ސަރަހައްދުގެ މަގުތައް ވަނީ ބަންދުކޮށްފައި. ކުޅިބަލަން އެ ސަރަހައްދަށް ބަޔަކު ވަނީ ޖަމާވެފައި.

    ބަލައި ފާސްކުރަމުންދާ ގެ ކައިރިއަށް ބަޔަކު ޖަމާވެފައި
    ބަލައި ފާސްކުރަމުންދާ ގެ
    15:21އަހުމަދު ސާއިލް އަލީ

    އަދީބުގެ އޮފީހެއް ހުންނަ މ. ސެސްނާ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންގައި ކެޕްޓަން އަލީ އިހުސާން ހަރަކާތްތެރިވަޑައިގަންނަވާ. އަށް ބުރިއަށް އިމާރާތްކޮށްފައިވާ އެ އިމާރާތަކުގައި ހަތަރު އޮފީހެއް ހިންގާ.

    ސިފައިންނާއި ފުލުހުންނާ ގުޅިގެން މ. ސެސްނާ ބަލައި ފާސްކުރަމުންދާއިރު، އެ ސަރަހައްދަށް އެއްވެފައިވާ މީހުން ދުރަށް ޖެއްސުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން

    14:30

    އެފްއޭއެމްގެ ނޮމިލައިޒޭޝަން ކޮމެޓީގެ މެމްބަރު މުހައްމަދު ހުސައިން (އޮއިއްޓޭ) ދިރިއުޅުއްވާ ގ. އޮއިވާލިއަށް ފުލުހުންނާއި ސިފައިން ވަދެއްޖެ.

    އެގެއަށް ވަދެފައި ވަނީ އެސްއޯ ފުލުހުންނާއި ސިފައިން.

    ގ.އޮއިވާލި ކައިރީގައި ފުލުހުން ހަރަކާތްތެރިވަމުން ދަނީ-- ފޮޓޯ/އަހުމަދު މުޖުތަބާ
    14:00އަހުމަދު ސާއިލް އަލީ

    ކޯޓުއަމުރެއްގެ ދަށުން މ. ސެސްނާ ކިޔާ ގެއެއް ފުލުހުންނާއި ސިފައިން ބަލައި ފާސްކުރަމުން އެބަދޭ. 8 ބުރީގެ އެ އިމާރާތަކީ އަމިއްލަ ބައެއް ފަރާތްތަކުގެ އޮފީސްތަކުގެ އިތުރުން، އާންމުގެ ބަޔަކު ދިރިއުޅޭ ގެއެއް.

    ފުލުހުން މ. ސެސްނާ ކައިރީގައި -- ސަން ފޮޓޯ: އަހްމަދު ސާއިލް
    13:24

    ތަހުގީގުކުރެވެމުންދާ މައްސަލާއަކާ ގުޅިގެން ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައިވާ ކަަމަށް ފޮރިން މިނިސްޓްރީން ވެސް ބުނެފި. އެ މިނިސްޓްރީން މިހެންބުނެފައި ވަނީ އެ މިނިސްޓްރީގެ ރަސްމީ ޓްވިޓާގައި.

    13:23

    ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރި ވާހަކަ ބައިނަލްއަގްވާމީ ބޮޑެތި މިޑިއާތަކުގެ ފަލަސުރުޚީއަށް އަރަން ފަށައިފި. އެގޮތުން ބީބީސީ ނިއުސް، އޭބީސީ ނިއުސް، ޒިންހުއާ ނިއުސް ހިންދުސްތާން ޓައިމްސް ހިމެނޭ.

    13:15

    ފުލުހުންގެ މަރުކަޒެެއް ކަމަށްވާ އިސްކަންދަރު ބިލްޑިން ސަރަހައްދު ވަނީ ބަންދުކޮށްފައި. ސިފައިންގެ ވެހިކަލްތަކެއް އިސްކަންދަރު ބިލްޑިންއަށް ވައްދާފައިވާއިރު، އެތަނުގައި ތިބި ފުލުހުންނާއި ސިފައިން ތިބީ ތައްޔާރީ ހާލަތުގައި.

    13:06އަހުމަދު ސާއިލް އަލީ

    ޕްރެސް ކޮންފަރެންސް ނިންމާލައިފި.

    ނަވާޒު ވިދާޅުވީ މިއަދު މާލެ ތެރޭގައި ހަމަނުޖެހުން ހިންގާނެ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް. އަދި އިތުރު ބަޔަކު ހައްޔަރުކޮށްފައި ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނަވާޒު ވިދާޅުވި.

    13:02

    އަމަން އަމާންކަމަށް ގެއްލޭ ކަމަށް ޖާގަ ނުދެއްވާނެ ކަމަށް ނަވާޒު ތަކުރާރުކޮށް ވިދާޅުވި.

    13:01

    ނައިބު ރައީސް ހައްޔަރު ކުރީ ކޮން ހެކިތަކެއްގެ މައްޗަށްތޯ ނޫސްވެރިން ސުވާލު ކުރުމުން ނަވާޒު ވިދާޅުވީ ހެކިތަކަކީ ކޯޓުތަކަށް ހުށަހަޅަންޖެހޭ ކަމެއް ކަމަށާއި، އެފަދަ މައުލުމާތުތައް އާންމުކޮށް ހުޅުވާލައިފިނަމަ ތަހުގީގަށް ހުރަސް އެޅޭނެ ކަމަށް

    ފުލުހުންގެ ޕްރެސް
    12:59

    ނައިބު ރައީސްގެ މައްޗަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ، ނައިބު ރައީސް އަދީބު ހައްޔަރު ކުރީ ލޯންޗުކޮޅު ތަހުގީގާ ގުޅޭ ގޮތުން ކަމަށް.

    12:58އަހުމަދު ސާއިލް އަލީ

    ޕްރެސް ކޮންފަރެންސް ދެއްވަނީ ފުލުހުންގެ ސްޕޯކްސްޕާސަން އެސިސްޓެންޓް ކޮމިޝަނާ އަބްދުﷲ ނަވާޒު.

    ނަވާޒު ވިދާޅުވީ މަގުތަކުގައި ހަމަނުޖެހުން ހިންގަމުންދާނަމަ ފިޔަވަޅު އަޅާނެ ކަމަށް. މާލޭގެ މަގުތަކުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާނެ ކަމަށާއި ސަލާމަތީ ބާރުތަކަށް އެއްބާރުލުން ދެއްވުމަށް ނަވާޒު އެދިވަޑައިގެންނެވި.

    ނާއިބު ރައީސް މިއަދު ބޯޓުން ފައިބައިވަޑައިގަންނަވަނީ --
    12:58

    ނައިބުރައީސް ހައްޔަރުކުރި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ފުލުހުން ބާއްވާ ޕްރެސް ކޮންފަރެންސެއް ފަށައިފި.

    12:52

    ނާއިބު ރައީސް އަހުމަދު އަދީބު މާލެ ވަޑައިގެންނެވި ސިންގަޕޫރު އެއާލައިނުން ދަތުރު ކުރެއްވި ބޭފުޅަކު މިއަދު ސަން އަށް ވިދާޅުވީ ނާއިބު ރައީސް ބޯޓުން ފައިބައިވަޑައިގަތީ އަނބިކަނބަލުން ފުރަތަމަ ބޯޓުގައި ބޭންދުމަށް ފަހު ގިނިކަންޏާ ކަމަށް. އަދި އޭރު ދައުލަތުގެ ނިޝާން ޖެހި ކާރަކާއި ބަހެއް އޮތް ކަމަށް، އަދި އަދީބު އެރުވީ ބަހަށް ކަމަށް ވެސް ވިދާޅުވި. ބިޑިއެއް ނާޅުވައި.

    އަދީބު ބޯޓުން ފައިބައިވަޑައިގަތް އިރު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްްސަލައިގެ ތަހުގީގު ޓީމްގެ އިސް އޮފިސަރު ހަމްދޫން ރަޝީދު ހުންނެވި ކަމަށް.

    ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެ ވަޑައިގެންނެވި ފްލައިޓް އައިއެންއައިއޭގައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް
    12:37

    ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވީ، ފުލުހުން ކުރިއަށް ގެންދާ ތަހުގީގަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހައްޔަރުކޮށްފައި ވާކަން އަންގާފައި ވާކަމަށް.

    12:32

    ހޯމް މިނިސްޓަރު އުމަރު ކުރެއްވި ޓްވީޓެއްގައި ވަނީ، ނައިބު ރައީސްގެ މައްޗަށް ކުރެވެނީ އެންމެ ބޮޑު ހިޔާނާތުގެ ތުހުމަތު ކަމަށް.

    ނާއިބު ރައީސް ބަހަށް އަރުވަނީ --
    12:20

    ފުލުހުން ދާދި ދެންމެ ކުރި ޓްވީޓެއްގައި ވަނީ، "ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް ކޯޓުއަމުރެއްގެ ދަށުން، ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކޮށްފި" ކަމަށް.

    12:17

    ހޯމް މިނިސްޓަރު އުމަރު ނަސީރު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނައިބް ރައީސް އަދީބް ހައްޔަރުކޮށް މިހާރު ހުންނެވީ ދޫނިދޫގައި ކަމަށް

    12:14

    ނައިބުރައީސް އަހްމަދު އަދީބު ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފި.

    ނައިބު ރައީސް ރާއްޖެ ވަޑައިގަންނަވާތީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި-- ސަން ފޮޓޯ: އަލީ ނަސީރު
    12:00

    ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު މިއަދު މާލެވަޑައިގަންނަވާ ވަގުތު ސަލާމަތީ ކަންކަން ވަރުގަދަކޮށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުން މިދަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކަމަށް ފުލުހުންގެ ތަރުޖަމާނު ނަވާޒު ރޭ ވަނީ ވިދާޅުވެފަ އެވެ.

    12:00

    ނައިބު ރައީސް ވަޑައިގެންނެވި ފުލައިޓް އެއާޕޯޓުގައި ޖައްސައިފި

    ފުލުހުންގެ ކްރައިމް ކޮމާންޑްގެ ވެރިޔާ ހަމްދޫން ރަޝީދު ހުޅުލޭއަށް ވަޑައިގެން، ވީއައިޕީއަށް ވަޑައިގަންނަވަނީ-- ސަން ފޮޓޯ/ އަލީ ނަސީރު
    11:54

    ނައިބު ރައީސް ދަތުރުކުރައްވާ ސިންގަޕޯ އެއާލައިން އައިއެންއައިއޭގައި ޖައްސައިފި.