Last Updated:
1 decade 1 month ago

ނުރައްކަލެއް ވެދާނެތީ ނައިބު ރައީސް މާލެ ވަޑައިގަންނަވާއިރު ގްރީން ޒޯން ބަންދު

    ބުލޮގު ޚުލާސާ

    ނުރައްކަލެއް ވެދާނެތީ ނައިބު ރައީސް ވަޑައިގަންނަވާއިރު ގްރީން ޒޯން ބަންދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލް ޣަފޫރު މާދަމާ މާލެ ވަޑައިގަންނަވާ ވަގުތު، އެމަނިކުފާނަށް ނުރައްކަލެއް ވެދާނެތީ ޖުމްހޫރީ މައިދާން ސަރަހައްދު (ގްރީން ޒޯން) ބަންދު ކުރުމަށް ފުލުހުން ނިންމައިފި އެވެ.

    ޗައިނާއަށް ކުރެއްވި 11 ދުވަހުގެ ދަތުރުފުޅަށްފަހު، ނައިބު ރައީސް މާލެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މާދަމާ މެންދުރު އެވެ. އެމަނިކުފާނު ދަތުރުކުރައްވާ ލޯންޗުކޮޅު މާލެއަށް ކައިރިކުރަން ހަމަޖެހިފައި ވަނީ އިއްޒުއްދީން ފާލަމަށެވެ. އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ފުލުހުންގެ ސްޕޯކްސް ޕާސަން އެސިސްޓެންޓް ކޮމިޝަނާ އަބްދުﷲ ނަވާޒު ވިދާޅުވީ ނައިބު ރައީސް މާލެ ވަޑައިގަންނަވާއިރު އެމަނިކުފާނަށް ނުރައްކަލެއް ވެދާނެ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށެވެ. އަދި އެ މައުލޫމާތުތައް އެމަނިކުފާނަށް ވެސް ލިބިވަޑައިގެންފައިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަވާޒު ވިދާޅުވި އެވެ.

    "ފުލުހުންގެ އިންޓެލިޖެންސަށް މިހާރު ލިބެމުންދާ މައުލޫމާތުގެ އަލީގައި އެ މަނިކުފާނުގެ ހަށިކޮޅަށް ވެސް ނުރައްކަލެއް ވެދާނެ ކަމަށް މައުލޫމާތު ލިބޭތީ، ފުލުހުން މި ވަނީ ގްރީން ޒޯން އެއްކޮށް ހަވަރުކޮށްފައި [ބަންދުކޮށްފައި]. ގްރީން ޒޯންގެ ތެރެއަށް އެއްވެސް ފަރާތަކަށް ނުވަދެވޭ ގޮތަށް ހަމަޖައްސާފައި މިހާރު މި އޮތީ،" ނަވާޒު ވިދާޅުވި އެވެ.

    އޭނާ ވިދާޅުވީ ނައިބު ރައީސް ވަޑައިގަންނަވާ ވަގުތު އެ ސަރަހައްދު "ކާރުބާރު" ބޮޑުވާނެ ކަމަށް ބެލެވޭތީ، މަސްލަހަތު ގެއްލޭ އެއްވެސް ކަމެއް އެ ސަރަހައްދުގައި ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.