އަންނަ މަހު 21 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ 'އެލްކްލެސިކޯ' މެޗްގައި މެޗަށް ހަމަޖައްސާފައިވާ ލައިސްމަން ރެއާލް ކޮޅަށް ބުރަވާ ކަމަށް ބުނާ ކޮރަޕްޝަން މައްސަލައެއް ސްޕެއިންގެ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެ މައްސަލަ ފެންމަތިވީ ސްޕެއިންގެ ދުވަހު ނޫހެއް ކަމަށްވާ މަންޑޫ ޑިޕޯޓިވޯގެ ކަވާޕޭޖްގައި، އެލްކްލެސިކޯގެ އެސިސްޓެންޓް ރެފްރީ ރެއާލްކޮޅަށް ނިންމުންތައް ބނިންބުރަވާ ގޮތަށް ނިންމުން ނިންމާ ގޮތަށް ސިފަވާގޮތަށް ލިޔުމެއް އާންމު ކުރުމުންނެވެ.

ސްޕެނިޝް ރެފްރީސް އެސޯސިއޭޝަނުން، މެޗްގެ އެސިސްޓެންޓް ރެފްރީއަށް ރެއާލް ކޮޅަށް ބުރަވާ ގޮތަށް ނިންމުތައް ނިންމުމަށް ޕްރެޝަރު ކުރމުންދާ ކަމަށް ބުނެ ބާސެލޯނަގައި ހުންނަ އެންޓި ކޮރަޕްޝަން ޕްރޮސިކިއުޓާއަށް މައްސަލަ ހުށަހަޅާފައިވަ ކަމަށް ސްޕެއިންގެ ދުވަހު ނޫސް މާސާއިން ބުންޏެވެ.

ސްޕެއިންގެ ދުވަސް ނޫސްތަކުން މިމައްސަލައިގައި ވާހަކަ ދައްކަމުންދާއރު ސްޕެއިންގެ ފުޓްބޯލް އެސޯސިއޭޝަނާއި ރެއަލް މެޑްރިޑުން އަދި މިހަތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިތުހުމަތުތަކާ ގުޅޭ ގޮތުން ސްޕެއިންގެ ދުވަހު ނުސްތަކުގައި ބުނެފައިވަނީ ސްޕެއިންގެ ރެފްރީސް އެސޯސިއޭޝަންގެ އޮފިޝަލެއް، ބާސާއާއި ރެއާލްގެ މެޗްގައި ރެފްރީކަން ކުރުމަށް ޝޯޓް ލިސްޓްކޮށްފައިވާ ރެފްރިންނަށް ގުޅައި އެދެޓީމްގެ ތެރެއިން ކޮންމެވެސް އެޓީމަކަށް ފޭވާވާ ގޮތަށް ގޭމް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރުމަށް ބުނެފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ސްޕެއިންގެ ކުޅިވަރުގެ އެންމެ މަތީ ކައުންސިލްގެ މިގްއެލް ކާޑެނަލް ވިދާލުވެފައިވަނީ މައްސަލައަކީ ވަރަށް ސީރިއަސް މައްސލައެއް ކަމަށާއި ސްޕެއިންގެ އެފްއޭއިން އެކަން ސާފުކޮށްދިނުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

ބާސެލޯނާގެ ފައިނޭންޝިއަލް ވައިސް ޕްރެޒިޑެންޓް ސަންސް މޮންޖޭ ވިދާލުވީ އޭނާއަށް މެޗްފިކްސިން މައްސަލައިގައި ޚަބަރު އިއްޔަ މީޑިއާއިން ލިބިފައިވާ ކަމަށާއި އެކަން އެގޮތަށް ހިނަގާފައިވާނަމަ އެއީ ސްޕެނިޝް ލީގަށް ލިބޭނެ ވރަށް ބޮޑު ދެރަ ކަމެއް ކަމަށެވެ.

ސްޕެއިންގެ ބައެއް މީޑީއާ ރިޕޮޓްތައް ބުނެފައިވަނީ މެޗްގެ އެސިސްޓެންޓް ރެފްރީއަށް ރެއާލް ކޮޅަށް ބުރަވެ ނިންމުތައް ނިންމުމަށް ޕްރެޝާކޮށްފައިވަނީ ޖޯސް އޭންޖަލް ޖިމިނޭޒް މުނޯޒް ޑިމާސެލޯއެވެ.

ނަމަވެސް މިޙާތަޏށް މިކަމާ ބެހޭ ގޮތުން ރަސްމީ އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.