ލިވަޕޫލްގެ ކޯޗު ކަމާ ހަވާލުވެ ޔޫރޮޕާ ލީގްގައި ކުޅުނު ފުރަތަމަ މެޗްގައި ރަޝިއާގެ ރުބިން ކާޒަންއާ ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން ލިވަޕޫލްގެ ކޯޗު ޖޯޖެން ކޮލެޕްއަށް ހާސްކަން ކުރިމަތިވެއްޖެއެވެ.

ރޭގެ މެޗް އެއްވަރު ވެގެން ނިމުނުއިރު ޔޫރޮޕާ ލީގުގައި މިހާތަނަށް ކުލުނު ތިން މެޗުވެސް ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ރޭ ގެމެޗްގައި ފުރަތަމަ ލީޑް ނެގީ ކާޒަންއިންނެވެ.

އެގޮތުން މެޗްގެ 18 ވަނަ މިނެޓްގައި ކާޒަންގެ ގެ ކެޕްޓަން އޮލެގް ކުޒުމަން ލިވަޕޫލްގެ ހާފުގެ މެދެއްހާއި ހިސާބުގައި ހުރެފައި ޕެނަލްޓީ އޭރިއާ ތެރެއަށް އޮއްސަލި ބޯޅަ މެއިން ކޮންޓްރޫލް ކުރުމަށްފަހު ކުރިއަށް ފޮނުވާލައިގެން ކާޒަންއަށް ލީޑް ނަގައިދިނީ މާކޯ ޑެވިޗެވެ.

މެޗްގެ 36 ވަނަ މިނެޓްގައި ލިވަޕޫލްގެ އެމްރީ ކޭންއަށް ކާޒަންގެ ޕެނަލްޓީ އޭރިއާގެ ބޭރުން ކުޒުމަން ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ކުޒުމަނަށް ދެވަނަ ރީނދޫ ކަޑަކާއެކު ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލަފައެވެ.

އެމްރީއަށް، ކުޒުމަން ކުރި ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުމުގެ ފައިދާ ނަގައި އެމެރީ ވަނީ ހިލޭ ޖެހުމުން ތަނަވަސްވި ތަނަވަސްވި ބޯޅައިން ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އޭނާ ލަނޑު ކާމިޔާބު ކުރީ ލިބުނު ހިލޭ ޖެހުން ފިލިޕޭ ކްޓްނިއޯ ކާޒަންގެ ޕެނަލްޓީ އޭރިއާ އަށް ހުރަސް ކުރުމުން ޑިވޯކް އޮރިގީ ބޮލުން ގޯލަށް ފޮނުވަލަން މަސައްކަތް ކުރި ބޯޅަ ގޯލް ކުރިމައްޗަށް ހުރަސް ވުމުން ގޯލް ކުރިމަތީގައި ހުހައް ހުރެ ކުރިއަށް ފޮނުވާލައިގެންނެވެ.

އެވަގުތު ކާޒަންގެ ޑިފެންޑަރުންނަށް ތިބެވުނީ އެމްރީ މާކް ނުކޮށެވެ.

ލިވަޕޫލްގެ ލަނޑު ޖެހުމަށްފަހު އެމްރީ (މ) އުފާ ކުރަނީ --- އޭޕީ ފޮޓޯ/ ޖޯން ސްޕާ

މެޗުގައި ލިވަޕޫލުން ވަނީ ކާޒަންގެ ގޯލަށް ނުރައްކާކޮށްފައެވެ.

އެގޮތުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ކްރިސްޓިއަން ބެންޓެކޭ ފޮނުވާލި ނުރައްކަތެރި ބޯޅަ އަމާޒުވީ ކާޒަންގެ ގޯލް ދަނޑިއަށެވެ.

ކޮލެޕްގެ ކޯޗް ކަމުގެ ދަށުން އަމިއްލަ ދަނޑު އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗަށްފަހު ވަހަކަ ދައްކަމުން އޭނާ ބުނީ އާ ކްލަބަކަށް އައިސް އޭނާ ކާމިޔާބު ހޯދާނެ ކަމަށް އުންމީދު ކުރަނެ ކަމަށެވެ.

ލިވަޕޫލްގެ ކޯޗް ޖޯޖެން ކޮލެޕް (ކ) އެޓީމް ސަކޯއާ ސަލާމް ކުަރަނީ --- ފޮޓޯ/ އޭއެފްޕީ

ނަމަވެސް އޭނާގެ ކޯޗް ކަމުގެ ދަށުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗްގައި ކުޅުންތެރިން ކުރި މަސައްކަތުގެ 98 ޕަސަންޓް ރަނގަޅު ކަމަށާއި އޭނާއަށް ކުރެވުނު މަސައްކަތާ މެދު އެއްކޮށް ހިތްހަމަ ނުޖެހުނަސް، ދެން ފުދޭ ކަމަށް ވެސް ކޮލެޕް ބުންޏެވެ.

"އޯކޭ! އެއީ އެންމެ ރަނގަޅު ފެންވަރެއް ނޫން. ނަމަވެސް މި ގޭމް ފޫއްސެއް ނޫން. މީ އަހަރެންގެ ކެރިއަގައި އެންމެ ގޯސް ދުވަހެއް ނޫން" ކޮލެޕް ބުންޏެވެ.

ޔޫރޮޕާ ލީގްގައި ރޭ ކޮލެޕްގެ ކުރީގެ ޓީމް ބުރޫޝިއާ ޑޯޓަމަންޑް ވަނީ އަޒަރު ބައިޖާންގެ ކަބަލާއާ ދެކޮޅަށް ކުޅެ 3-1 ގެ ނަތީޖައަކުން ކުރިހޯދާފައެވެ.

ޔޫރޮޕަ ލީގުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު އިޓަލީގެ ފުޓްބޯޅައިގެ ކުރިގެ ގަދަބާރު ލާޒިއޯ ވަނީ ނޯވޭގެ ރޮސެންބާގާ ދެކޮޅަށް ކުޅުނު މެޗްވެސް ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލް އެއްވަރުވިއިރު ވާދަވެރި ޓޮޓަންހަމް ހޮސްޕާ ވަނީ ރަށުން ބޭރުގައި ބެލްޖިއަމްގެ އަންޑަލްއާ ދެކޮޅަށް ކުޅެ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.