23 Oct 2015, 11:48
ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޓީމް އިވެންޓްގެ ފައިނަލަށް އެމްއެންޑީއެފްއާއި އެމްޓީސީސީ ދަތުރުކޮށްފިއެވެ.
ބެޑްމިންޓަން ހޯލްގައި ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗްގައި އެމްއެންޑީއެފް ފައިނަލަށް ދަތުރުކުރީ އެސްޓީއޯއާ ވާދަކޮށް ހަތަރު ސެޓް ތިން ސެޓުންނެވެ.
ދެވަނަ ސެމީ ފައިނަލް މެޗުން މޮޅުވެ އެމްޓީސީ ފައިނަލަށް ދަތުރު ކުރީ ސްޓެލްކޯގެ މައްޗަށް ހަތަރު ސެޓް ތިން ސެޓުން ކާމިޔާބު ހޯދުމަށްފަހުގައެވެ.
ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ މާދާމަ ރޭ 8:00 ގައެއެވެ.
އެމުބާރާތުގެ އަންހެން ޑިވިޝަން ފައިނަލް މެޗް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަންހެން ޑިވިޗަން ފައިނަލް މެޗްގައި ބައްދަލުކުރާނީ ބީއެމްއެލްއާ ކަސްޓަމްސްއެވެ.