އެމްމްޕީއެލް ސަރަހައްދުން ބަނދަރުގައި އޮތް ބޯޓަކުން ޅަ ބަކަރިއެއް ވަގަށް ނަގަން އުޅުނު މީހަކު ފުލުހުން ކަސްޓަމްސްއާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 10:45 އެހާކަންހާއިރު ކަސްޓަމްސް އިން މުދާ ކްލިއާ ކުރުމަށް ދިޔަ ދިވެއްސަކު ޅަ ބަކަރިއެއް ވަގަށް ނަގަން އުޅުމުން ކަސްޓަމްސްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެމީހާ ކަސްޓަމްސްގެ އޮފިސަރުންނާ ހަވާލުކުރީ އެމްޕީއެލްގެ ޕިކަޕް، ޕާކް ކުރާ ސަރަހައްދު ފާރުމަތިން ބަކަރި ބޭރުކުރަން އުޅެނިކޮށެވެ.