22 Oct 2015, 18:39
މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކުރި، ކުރީގެ އެސިސްޓެންޓު އެޓާނީ ޖެނަރަލް އިސްމާއިލް ވިޝާމް އާއި އޭނާގެ އަނބިކަނބަލުން އަދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ ހަނާ ވަހީދުގެ މައްޗަށް ދައުވާކުރަން މިއަދު ފޮނުވައިފި އެވެ.
ވިޝާމް އަދި ހަނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް މިއަދު ފޮނުވިކަން 'ސަން' އަށް ވަނީ އެނގިފައެވެ.
އެ ދެ މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ އެ މީހުން ދިރިއުޅޭ ގެ ކަމަށްވާ މ. ހަނީޑިއު ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި ބިއަރު ދަޅުތަކަކާ އެކުއެވެ.
އެ މައްސަލައާ ގުޅިގެން ވިޝާމް މަގާމުން ވަކިކޮށްފައިވާއިރު އޭނާގެ އަނބިކަނބަލުން ހަނާ ވަނީ މަގާމުން ސަސްޕެންޑްކޮށްފައެވެ. ސަސްޕެންޑް ކުރުމާއި ގުޅިގެން ހަނާ އަމިއްލަޔަށް އެދިގެން މަގާމުން ވަކިވެފައިވާ ކަންވެސް އެނގިފައިވެ އެވެ.