ސައުތު އެފްރިކަން ޔުނިވަސިޓީގެ ޓިއުޝަންފީތަކާ ގުޅިގެން ޔުނިވާސިޓީގެ ދަރިވަރުން ކުރާ ހަޅުތާލުގައި ޕޮލިހުންނާއި ދޭތެރޭ ހަމަނުޖެހުންތައް ހިނގައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއީ ނަސްލީ ތަފާތުކުރުމުގެ ސަބަބުން ހިނގާފައިވާ ހަމަނުޖެހުންތަކެކެވެ.

އެފްރިކާގައި އަޅުވެތިކަމާ ދެކޮޅަށް ކުރި ހަޅުތާޅުތަކަށް ފަހު އެންމެ ބޮޑު ސިލްސިލާ ހަޅުތާލުކަމުގައި ބުނާ މި ހަޅުތާލު ބުދަ ދުވަހު ފުލުހުން ހުއްޓުވަން ޖެހުނީ ޔުނިވަސިޓީ ދަރިވަރުން ކޭޕްޓައުންގެ ރައްޔިތުންގެ މަޖިލިސްގެ ވަށައިގެން ބަންދުކޮށްފައިވާ ސަރަހައްދަށް ވަނުމުންނެވެ. އެތައް ސަތޭކަ ދަރިވަރުން ބޭރުކުރުމަށް ޓަކައި ފުލުހުންވަނީ ސްޓަން ގްރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ.

ގައުމުގެ ޔުނިވަސިޓީތަކުގެ ފީތައް 11.5 ޕަސެންޓާ ހަމައަށް މަތިކުރުމަށް އޮކްޓޯބަރު 13ގައި އިއުލާންކުރުމާ އެކު ގިނަ ދަރިވަރުން ވަނީ ޔުނިވަސިޓީގެ ކެމްޕަސްތަކަށާއި މަގުމައްޗަށް ނިކުމެ ނުރުހުން ފާޅުކޮށްފައިކަމަށް ރޮއިޓާސްއިން ރިޕޯޓްކުރެ އެވެ.

ހޭޝްޓެގް "ފީސް މަސްޓް ފޯލް"ގެ ނަމުން ކުރިއަށްގެންދާ މިހަރަކާތްތަކުގެ ސަބަބުން ގައުމުގެ އެންމެ ނަންހިނގާ މަތީ ތައުލީމުދޭ އިންސްޓިޓިއުޓްތައް ވަނީ ބަންދުކޮށްފަ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އާއްމުންނަށް އަޅުގަނޑުމެންގެ އަޑުއިއްވުން އަދި ހާލަތު ދެއްކުން،" ޖޮހަނަސްބަގްގެ ޔުނިވަސިޓީ އޮފް ވިޓްޒްވޯޓަޒްރޭންޑްގެ ދަރިވަރެއް މެއިލް އަދި ގާޑިއަންއާއި މިދިޔަ ހާފްތާގައި ވާހަކަދައްކަމުން ބުނެފެއިވެ އެވެ.

"މިފަދަ ކަމެއް ކުރަންޖެހޭތީވެ އަޅުގަނޑުމެން މައިންބަފައިންގެ ފަރާތުން މަޢާފަށް އެދެން. ނަމަވެސް މިއަންނަ އަހަރު ޔުނިވާސިޓީއަށް އަޅުގަނޑުމެންގެ މަންމަމެންނަށް ނުފޮނުވޭނެތީ މިކަން ކުރަން ޖެހޭ."

ބުދަ ދުވަހު ސައުތު އެފްރިކާގެ ރައީސް ޖެކަބް ޒޫމާ ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރުގެ ތަގުރީރެއް އަޑުއައްސަވަން ހުންނަވަނިކޮށް ހަމަނުޖެހުންތަކުގެ ބައިވެރިންވަނީ މަޖިލިސް ކޮމްޕައުންޑް ތެރެއަށް ވަނުމަށް މަސައްކަތްކޮށްފަ އެވެ. ފުލުހުން މި އެއްވުމަށް ހުރަސްއެޅީ އެހާހިސާބުންނެވެ.

"ގަދަ ބާރު ބޭނުންކޮށްގެން ފުލުހުން އަޅުގަނޑުމެން ފަހަތަށް ޖެއްސި. ސްޓަން ގްރެނޭޑް ބޭނުންކުރީ އަޅުގަނޑު ކަންފަތް ކައިރިން،" ޔުނިވަސިޓީ އޮފް ކޭޕް ޓައުންގެ ދަރިވަރެއް ރޮއިޓާސްއަށް ބުންޏެވެ.

މަޖިލީހުގައި ފިނޭންސް މިނިސްޓަރު ނީނީ ވަނީ އެފްރިކާގެ އެންމެ ތަރައްގީ ވެފައިވާ އަދި އެއްމެ ބޮޑު އިގްތިސާދާ ބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ.

އިގްތިސާދުގެ ތަރައްގީ ދައްވުމުންނާއި ސައުތު އެފްރިކާގެ ލާރި ކަމުގައިވާ ރާންޑްގެ އަގު ދައްވުމުގެ ސަބަބުން ޔުނިވަސިޓީތަކުގެ އާއްމު ފަންޑުތައް ވަނީ ކުޑަވެފަ އެވެ. އެހެންކަމުން ދަރިވަރުންގެ ފީތައް ވަނީ މަތިކުރަންޖެހިފަ އެވެ. ކުއާޓްޒްއިން ފާހަގަ ކުރާ ގޮތުގައި ރަޝިއާ އަދި ސައުދީ އަރަބިއާ ފަދަ އެހެން އާ މާކެޓްތަކާ ބަލާއިރު ސައުތު އެފްރިކާގެ މަތީތައުލީމަށް ދައުލަތުންދޭ އެހީ ކުޑަ އެވެ.

ސައުތު އެފްރިކާގައި ޓިއުޝަންފީގެ އަގު މިހާރު އަހަރަކު 74000 ޑޮލަރަށް އަރަ އެވެ. އިގްތިޞާދީ މާހިރުން ވިދާޅުވާ ގޮތުން މިއީ އެފްރިކާގެ %95 އާބާދީއަށް އަދާނުކުރެވޭވަރުގެ ފީއެކެވެ. ގިނަ ދަރިވަރުންނަށް މިމައްސަލަ ބެލެވެނީ ނަސްލީ ތަފާތުކުރުމުގެ ސަބަބުން ދިމާވާ ކަމެއްގެ ގޮތުގައެވެ.

ހަޅުތާލުތަކުގައި ބައިވެރިވާ ދަރިވަރުންނަކީ އަޅުވެތިކަމުގެ އަހަރުތަށް ފެނިފައި ނުވާ ދަރިވަރުން ކަމުގައިވިޔަސް މިދަރިވަރުންވަނީ އެ ޒަމާނުގައި ހިނގާ ދިޔަ ކަންތަކާއި މިހާރު ޓިއުޝަން ފީތައް ބޮޑުކުރުމާއި، ކަމާބެހޭ ބޭފުޅުން މިކަމާމެދު އަޅުއްވާ ފިޔަވަޅުތަކާ ގުޅުވައިގެން އެއްވުންތަކުގައި ލިޔެކިޔުންތައް ބޭނުންކޮށްފައެވެ.

"ހީވަނީ މިއީ 1976ހެން އަނެއްކާވެސް" ކޭޕް ޓައުންގެ ދަރިވަރު ޖޫން 1976ގައި ތައުލީމީ މަނަހަޖަށް ގެނައި ބަދަލުގެ ސަބަބުން ހިންގި ހަޅުތާލުތަކަށް ނިސްބަތްކޮށް ބުންޏެވެ. މިހަޅުތާލުގައި ފުލުހުންގެ އަތުންވަނީ 69 ދަރިވަރުން މަރުވެފައެވެ.

މިހާރު ހިންގާ ހަޅުތާލަކީމިފަދަ ދެވަނަ ހަޅުތާލެވެ. މާރޗްގައި ކޭޕް ޓައުންގެ ދަރިވަރުންނަށް ދުނިޔޭގެ ލޯތަށް އަމާޒުވެގެން ދިޔައީ އެމެރިކާގެ ކޮލޯނިއަލެސްޓެއްކަމަށްވާ ސިސިލް ރޯޑްސްގެ ބުދެއްނެގުމަށް އެއްވުމުގެ ސަބަބުންނެވެ.