22 Oct 2015, 15:33
އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި "މޭޑޭ މުޒާހަރާގައި" ބައިވެރިވެގެން ވަޒީފާ އިން ވަކިކުރި ފެނަކަ ކޯޕަރޭޝަންގެ ފަސް މީހަކަށް ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓުރެބިއުނަލްއިން އަންގައިފި އެވެ.
ފެނަކަ ވަޒީފާއަލުން ދިނުމަށް އަންގާފައި ވަނީ ރ. ހުޅުދުއްފާރުގެ ޓެކްނީޝަނެއްގެ މަގާމުގައި ހުރި މުހައްމަދު އިބްރާހިމަށާއި ރ. އިނގުރައިދޫ ބުރާންޗުގެ ޓެކްނީޝަނެއްގެ މަގާމުގައި ހުރި އިސްމާއިލް އަބްދުއްރަޝީދު އާއި ނ. ޅޮހީގެ ބުރާންޗު ޓެކްނީޝަނެއްގެ މަގާމުގައި ހުރި އަބްދުﷲ ނަސީރު އާއި ނ. މިލަދޫ ބުރާންޗުގެ އޮފިސަރެއްގެ މަގާމުގައި ހުރި މުހައްމަދު ހުސެއިންނާއި ރ.އަލިފުށީ ބުރާންޗްގެ ޓެކްނީޝަނެއްގެ މަގާމުގައިހުރި ހަސަން އަހުމަދު އެވެ.
އެމީހުން ފެނަކައިގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ މޭޑޭ މުޒާހަރާގައި ބައިވެރިވުމުން ފެނަކައަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށް ފެނެކައިން ވަނީ ޓުރެބިއުނަލްގައި ބުނެފަ އެވެ.
އެހެން ނަމަވެސް ޓްރައިބިއުނަލްގެ ނިންމުމުގައިބުނެފައި ވަނީ އެ ފަސް މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަން ސާބިތު ކޮށްނުދެވުމާއި އެފަސް މީހުން ވެސް ވަކިކުރީ ނޯޓިސް ދިނުމެއް ނެތި ކަމަށްވާތީ އަނބުރާ ވަޒީފާ ދިނުމަށެވެ.
ޓްރައިޒިއުނަލްއިން އަމަރުކޮށްފައި ވަނީ އެފަސް މީހުން ކުރިންތިބި ފެންވަރުގެ ވަޒީފާއެއް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހަމަޖައްސައިދިިނުމެވެ.