22 Oct 2015, 15:30
"ފައިސާ އިން ޖޫރީމަނާ އަދާ ނުކުރެވޭ ނަމަ ލޭ ހަދިޔާ ކުރަން ވިސްނާ" އެމެރިކާގެ ސަދަން ޕޮވަޓީ ލޯ ސެންޓަރު، އެސްޕީއެލްސީ އިން ނެރުނު ރެކޯޑިންއެއްގައި ޖަޖް މާވިން ވިގިންސް ބުނެފައިވެ އެވެ.
ފަނޑިޔާރުގެ ނިންމުމާ އެކު 500 ވަރަކަށް ގައިދީން ވަނީ ލޭ ހަދިޔާ ކޮށްފަ އެވެ. ނަމަވެސް އެމީހުންގެ ދަރަނި އަދި އަދާއެއް ނުކުރެ އެވެ.
ގާނޫނީ މާހިރުންނާ ހަވާލީ ބީބީސީ އިން ބުނީ ފަނޑިޔާރުގެ އެ ނިންމުން އެމެރިކާގެ ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ. ނަމަވެސް ބީބީސީ އިން ބުނީ އެކަމާ ބެހޭ ގޮތުން ޖަޖް ވިގިންސްގެ ބަހެއް ލިބޭ ގޮތް ނުވި ކަމަށެވެ.
"އަލަބާމާގައި ވަރަށް ގިނައިން ފެނިގެންދާ ކަމެއް މީހެއްގެ ގާނޫނީ ހައްގުތަކާ އެމީހެއްގެ ބޭންކް އެކައުންޓަކާ ގުޅުވުން." އެސް ޕީ އެލް ސީގެ އަލަބާމާގެ ސްޓާފް އެޓާނީއެއް ކަމަށްވާ ސާރާ ޒެމްޕިއެރިން އަންގާރަ ދުވަހު ވިދާޅުވި އެވެ.
"މިއީ ދެބަޔަކަށް ބެހިފައިވާ ގާނޫނެއް، ފައިސާ ދެއްކޭ މީހުންނާއި ފައިސާ ނުދެއްކޭ މީހުންނަށް. ފަގީރުންގެ ފައިދާނެގުން ހުއްޓާލަން ޖެހޭ." މިސް ޒެމްޕިއެރިން ވަނީ އޯގަނައިޒޭޝަންގެ ފަރާތުން ޖަޖް އާ ދެކޮޅަށް ހައްގުތަކާ ބެހޭ ޝަކުވާއެއް ހުށައަޅައިފަ އެވެ.
ޖަޖް ވިގިންސްއަކީ 1999 އިން ފެށިގެން ޕެރީ ކައުންޓީގައި މަގާމް ފުރުއްވަމުންދާ ބޭފުޅެކެވެ. "މިއޯ 3000އެތައް ގޮތަކަށް ނުބައި ކަމެއް." ނިއުޔޯކު ޔުނިވާސިޓީގައި މެޑިކަލް އެތިކްސްގެ ޕްރޮފެސާއެއް ކަމަށްވާ އާތާ ކެޕްލަން ޝުއޫރު ފާޅުކުރެއްވި އެވެ.
"މިހުކުމަކީ އާއްމު ރައްޔިތުންގެ ސިއްހަތަށް އަދި ހުކުމްކުރެވޭ މީހާއަށް ވެސް އެއްވެސް ފައިދާއެއްނުވާ އުސޫލެއް." 17 ސެޕްޓެމްބަރުގައި ކޮށްފައިވާ އެ ހުކުމަކީ މަސްތުވާތަކެތި ގެންގުޅުމާއި ރޭގަނޑު ޝިކާރަކުރުން އަދި އަނިޔާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބަޔަކަށް ކޮށްފައިވާ ހުކުމެކެވެ.
ކޯޓުން އެ ހުކުމް އިއްވުމަކީ އަލަބާމާއިން ހިންގާ ކޯޓުއަދި ވަކީލުންގެ ފީތަކާއި ޖޫރިމަނާ ހޯދުމަށް ކުރިއަށް ގެންދާ ހަރުކަށި އުސޫލެއްގެ ދަށުން އިއްވާފައިވާ ހުކުމެކެވެ. ޑޮނޭޝަންސް ބޭނުން ނުކުރޭ އެމެރިކާގެ ކުށްވެރިން އަދާ ކުރަން ޖެހޭ ބޮޑެތި ގާނޫނީ ފީތަކަށާއި ދަރަނިތަކަށް ވަރަށް ފަހުން ވަނީ ދުނިޔޭގެ ސަމާލުކަން ލިބިފަ އެވެ. މި އަހަރު ޔޫއެސް ޑިޕަރޓްމެންޓް އޮފް ޖަސްޓިސް އިން ނެރެފައިވާ ރިޕޯޓެއްގައި ވަނީ ކުށްވެރިންނަށް އަނިޔާކުރުން ފާހަގަ ކޮށްފަ އެވެ.
އިންވެސްޓިގޭޓަރުން ތުހުމަތު ކުރާގޮތުގައި އަލަބާމާގެ އޮފިޝަލުންދަނީ އަލަބާމާގެ ފަގީރުންނަށް ވަކިން ޖޫރިމަނާތަށް ކަނޑައަޅަމުންދެ އެވެ. ކޯޓުން ލޭ ފޯރުކޮށްދީފައިވާ ބްލަޑް ބޭންކް ކަމަށްވާ ލައިފް ސައިތު އިން ވަނީ ގިނަ ލޭގެ ސާމްޕަލްތައް އުކާލާފަ އެވެ. ލައިފް ސައުތު އިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ބޭންކުން އެކަހަލަ ޑޮނޭޝަންތައް ގަބޫލެއްނުކުރާނެ އެވެ. ސަބަބަކީ ކުށްވެރިންގެ "ލޭ ހަދިޔާކުރާ ސަބަބު ގަބޫލުނުކުރެވޭތީ" ކަމަށެވެ.