22 Oct 2015, 10:24
ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ ބެޑްމިންޓަން މުބާރާތުގެ އަންހެން ޑިވިޝަން ޓީމު އިވެންޓްގެ ފައިނަލަށް ބީއެމްއެލް އާއި ކަސްޓަމްސް ދަތުރުކޮށްފި އެވެ.
ބެޑްމިންޓަން ހޯލްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުން ބީއެމްއެލް ފައިނަލަށް ދަތުރު ކުރީ ސީދާ ހަތަރު ސެޓުން ދިރާގު ބަލި ކުރުމަށް ފަހު އެވެ.
ދެ ވަނަ ސެމީ ފައިނަލް މެޗުން މޮޅުވެ ކަސްޓަމް ފައިނަލަށް ދަތުރު ކުރި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މައްޗަށް ހަތަރު ސެޓް ތިން ސެޓުން ކުރި ހޯދައިގެންނެވެ.
އަންހެން ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 8:30 ގައެވެ.
ފިރިހެން ޑިވިޝަންގެ ސެމީފައިނަލް މެޗްތައް މިރޭ ކުޅެން ހަމަޖެހިފައިވާ އިރު ފުރަތަމަ ސެމީފައިނަލް މެޗްގައި އެމްއެންޑީއެފްއާ އެސްޓީއޯ އެވެ.
ދެ ވަނަ ސެމީފައިނަލް މެޗްގައި ބައްދަލު ކުރާނީ އެމްޓީސީސީ އާއި ސްޓެލްކޯ އެވެ.