22 Oct 2015, 11:30
ޔުއެފާ ޗެމްޕިއަންސް ލީގްގައި ސެވިއްޔާގެ މައްޗަށް އަމިއްލަ ދަނޑުގައި 2-1 ގެ ނާތީޖާއަކުން މެންޗެސްޓާ ސިޓީއިން ކާމިޔަބު ހޯދިއިރު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ރަށުން ބޭރުގައި ސީއެސްކޭ މޮސްކޯއާ ދެކޮޅަށް ކުޅުނު މެޗް 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ފުރަތަމަ ލިޑް ސެއްވިއްޔާއިން ނެގިއިރު މެޗްގެ 30 ވަނަ މިނެޓްގައި އެޓީމަށް ގޯލް ޖަހައިދިނީ ނަގައިދިނީ ވިކްޓޯ މާޗިން ޕެރޭޒް (ވިޓޯލާ) މެންސިޓީގެ ޕެނަލަޓީ އޭރިއާ ތެރެއަށް ނެގި ހުރަސް ޔޮވްހެން ކޮނަޕްލިޔަންކާ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ނަމަވެސް ސެވިއްޔާއަށް ލީޑްގައި އޮވެވުނީ އެންމެ ފަސް މިނެޓްއެވެ. 36 ވަނަ މިނެޓްގައި މެންސިޓީއިން އުފެއްދި ހަމަލާއެއް ސެވިއްޔާގެ ކީޕަރު ސާޖިއޯ ރިކޯ ގައިގައި ޖެހިފައި ނިކުތުމުން ގޯލް އޭރިއާ ތެރޭގައި ހުރި ވެލްފްރެޑް ބޮނީ މަޑުމަޑުން ބޯޅައިގައި ޕުޝްކޮށްލުމުން އެބޯޅަ ގޯލަށް ވަނީ ސެވިއްޔާގެ ޑިފެންޑާ އާދިލް ރާމީގައިގައި ޖެހިފައި ބައިކޮޅަށެވެ.
މެންސިޓީގެ ދެ ވަނަ ލަނޑު މެޗްގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރި ޔާޔާ ޓޯރޭ ދިން ޕާހަކުން ކެވިން ޑިބުރުނީއެވެ.

މެންސިޓީއާ ސެވިއްޔާ ބައްދަލު ކުރި މެޗްގައި ލަނޑު ޖެހުމަށްފަހު އެޓިމު ކެވިން ޑިބުރުނީ އުފާ ކުރަނީ --- އޭޕީ ފޮޓޯ/ ކްލިޓް ހިއުޖުސް
ޑީ ބުރުނީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ހަމަޖެހިލާފައި ގޯލްތެރެއަށް ބޯޅަ ފޮނުވާލިއިރު ސެވިއްޔާގެ ހަތަރު ޑިފެންޑަރުން އެޓީމުގެ ޕެނަލްޓީ އޭރިއާ ތެރޭގައި ތިއްބެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު މިހާތަނަށް ހަ ޕޮއިންޓް ލިބިގެން މެންސިޓީ އޮތީ ގުރުޕް 'ޑީ' ގެ ދެ ވަނައިގައެވެ.
އިތުރަށް އޮތް ޕޮއިންޓް ލިބިގެން އެއް ވައިއިގައި އޮތީ ޔުވެންޓަސްއެވެ.
މެންޗެސްޓާއަށް ނިސްބަތްވާ މެންޔޫއިން ރޭ ސީއެސްކޭއާ ދެކޮޅަށް މޮސްކޯގެ ކިމިކީ އެރިނާ ސްޓޭޑިއްމަގައި ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީ ސީއެސްކޭއިންނެވެ.
މެޗްގެ 15 ވަނަ މިނެޓްގައި ސީއެސްކޭއަށް ލީޑް ނަގައިދިނީ ސެމިއުލް ޑުމްބާއެވެ.

މެންޔޫއާއި ސީއެސްކޭ މޮސްކޯ ބައްދަލު ކުރި މެޗްގެ ތެރެއިން --- އޭޕީ ފޮޓޯ/ ޕަވެލް ގްލޯވްކިން
މެންޔޫ އެއް ވަރު ކުރި ލަނޑު މެޗްގެ 65 ވަނަ މިނެޓް ގައި ކަމިޔާބު ކުރީ އެންތޮނީ ވެލެންސިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ފްރާންސްގެ އުމުރުން 19 އަހަރުގެ ޒުވާން ކުޅުންތެރިޔާ އެންތޮނީ މާޝަލްއެވެ.
މިގުރޫޕްގެ އެއް ވަނައިގައި ހަ ޕޮއިންޓާއެކު ޖަރުމަންގެ ވޮލްފްސް ބާގް އޮތް އިރު ދެ ވަނައިގައި މެންޔޫ އޮތީ ހަތަރު ޕޮއިންޓް ލިބިގެންނެވެ. ސީއެސްކޭ މޮސްކޯއަށްވެސް ވަނީ އެއަދަށް ޕޮއިންޓް ލިބިފައެވެ.
ނަމަވެސް ލަނޑުގެ ތަފާތުން އެޓީމަށް ލިބެނީ ތާވަލްގެ ތިން ވަނައެވެ.