މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތީޚާބު ސައްހަ ނޫން ކަމަށް ހޯމް މިނިސްޓްރީ އިން އެފްއޭއެމަށް އަންގައިފި އެވެ.

ހޯމް މިނިސްޓްރީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މާދަމާ ބޭއްވުމަށް ޝެޑިއުލުކޮށްފައިވާ އެފްއޭއެމްގެ އިންތީޚާބު ސައްހަ ނޫން ކަމަށް އެ މިނިސްޓްރީ އިން އެފްއޭއެމް އަށް އަންގާފައި ވާނެކަމަށެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލިލް ރޭ ސަންއަށް ވިދާޅުވީ އެފްއޭއެމްގެ ޕޮލިސީއަކީ ފީފާ އިން ނާންގާހާ ހިނދަކު އެފްއޭއެމްގެ އިންތީޚާބު ކުރިއަށް ގެންދިއުން ކަމަށެވެ.

އިއްޔަ ހޯމް މިނިސްޓްރީ އިން ވަނީ އެފްއޭއެމްގެ އިންޓީޚާބު ފަސް ކުރުމަށް އެދި އެފްއޭއެމް އަށް ސިޓީ ފޮނުވައިފަ އެވެ.