ކެމްޕްރިޖް އިމްތިހާންގެ ހިސާބު ޕޭޕަރުގެ މައްސަލައިގާ މިލަންދޫ ސްކޫލްގެ ބެލެނިވެރިން ކުރަމުން އަންނަ މުޒާހަރާއާ ގުޅިގެން އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަޙުމަދު އަންވަރު ދާދި ދެންމެ އަކު މަޤާމުން އިސްތިޢުފާދެއްވައިފި އެވެ.

މިލަންދޫ ރަށު ކައުންސިލްގެ އިދާރާ އިން ވާހަކަ ދެއްކެވި އަޙުމަދު ފިރާގު ވިދާޅުވި ގޮތުގައި ޑެޕިއުޓީ ޕްރިންސިޕަލް މަޤާމުން އިސްތިޢުފާ ދެއްވީ ކެމްބްރިޖް އިމްތިހާންގެ ހިސާބު ޕޭޕަރުގެ މައްސަލައިގާ ސްކޫލްގެ ބައެއް ބޭފުޅުން އިޙުމާލުވެފައިވާ ކަމަށް ޤަބޫލްކުރެއްވޭތީ އާއި ބެލެނިވެރިންގެ ޝުޢޫރުތަކަށް އިހުތިރާމް ކުރެއްވުމުގެ ގޮތުންނެވެ.

އެކަމާ ގުޅިގެން މަޤާމުން އިސްތިޢުފާ ދެއްވި އަޙުމަދު އަންވަރުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ހިސާބު ޕޭޕަރުން ހުރިހާ ކުދިންނަށް ސުމެއް ލިބުނު މައްސަލައިގައި ބެލެނިވެރިންނާއި އިމްތިހާނު ހެދި ކުދިން އަންނަނީ އެކަމަށް އިހުތިޖާޖުކޮށް، މުޒާހަރާ ކުރަމުންނެވެ.