މާލޭގެ ފިހާރައެއްގެ ފުރާޅުން ޓިނު ނައްޓަން އޮތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 24 އަހަރުގެ ދިވެހި ފިރިހެން މީހާ ރޭ މެންދަމު 1:40ގައި ހައްޔަރުކޮށްފައި ވަނީ ވައިޖެހޭމަގުގައި ހުންނަ، މިނީ އެމްޕޯރިއަމް ފިހާރައިގެ ފުރާޅުމަތީގައި މީހަކު އުޅޭކަމަށް އާއްމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

"ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު، ޓިނު ނައްޓަށް ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާ އެކު ޓިނު ނެއްޓުމުގައި މަސައްކަތުގައި ތުހުމަތުކުރެވޭ މީހާ އޮއްވައި ވަނީ ފެނިފައި. އިތުރަށް ބެލިބެލުމުން، ފުރާޅުން ގިނަ ޢަދަދެއްގެ އިސްކޫރު ނައްޓާފައި ހުރި ކަން ފާހަގަކުރެވިފައިވެ." ފުލުހުން ބުންޏެވެ.

ޓިނު ނަގަން އޮތް މީހާއަތުން ފުލުހުން އަތުލައިގެން ތަކެތި-- ފޮޓޯ: ފުލުހުން

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީއާއި މުދަލަށް ގެއްލުންދިނުމުގެ ގިނަ ޢަދަދެއްގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.