20 Oct 2015, 22:52
އެފްއޭއެމް އިންތިޚާބުގައި ތިން ވަނަ ޑިވިޝަން ޒޯން ނުވަޔަކުން ވޯޓްލާ ކްލަބަކަށް ރެޑްލައިން ކުލަބު (އާރްއެލްސީ) ހޮވައިފިއެވެ.
އެފްއޭއެމް ހައުސްގައި މިރޭ ބޭއްވި ތިން ވަނަ ޑިވިޝަން ޒޯން ނުވައެއްގެ ޕްރައިމެރީގައި އާރްއެލްސީއާ ވާދަކު ރީ ކްލަބު ޕީކޭއެވެ.
މިޒޯންގެ 12 ކްލަބުގެ ތެރެއިން ޕްރައިމެރީއަށް ހާޒިރުވި 10 ކްލަބުގެ މެދުގައި ނެގި ސިއްރު ވޯޓްގައި އާރްއެލްސީ ހޮވުނީ ހަތް ވޯޓް ލިބިގެންނެވެ.
ކްލަބު ޕީކޭއަށް ލިބިފައިވަނީ ތިން ވޯޓެވެ.
މިރޭގެ ޕްރައިމެރީގައި ހަތަރު ކްލަބަކުން ކުރިމަތިލިއިރު، ވޯޓާހަމަޔަށް ދިއުމުގެ ކުރިން ކުޑަ ހެންވޭރާއި ކްލަބު ގާމަގު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިޚާބުގައި އެއިދާރާގެ ރައީސް ކަމަށް ކުރިމަތި ލެއްވީ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު އެކަންޏެވެ.