20 Oct 2015, 22:27
މަސްތުވާތަކެއްޗާއެކު ހ. ހުބާ އިން އިއްޔެ ހައްޔަރުކުރި ހަތަރު މީހުން މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ "ސަން" އަށް ވިދާޅުވީ އިއްޔެ ހ. ހުބާ ނަމަކަށް ކިޔާ ގެއިން މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ގޮތުން ކޯޓަށް ގެންދިއުމުން އެ މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.
އެ މީހުން ކޯޓުން ދޫކޮށްލި ސަބަބެއް އޮފިޝަލު ހާމައެއް ނުކުރައްވަ އެވެ.
ފުލުހުން އިއްޔެ ހ. ހުބާ ފާސްކުރީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެންނެވެ.