21 Oct 2015, 12:49
މައިކްރޮސޮފްޓް އިން ތައްޔާރުކޮށްފައިވާ އޯގްމެންޓެޑް ރިއޭލިޓީ އައިނު ކަމަށްވާ "ހޮލޮލެންސް" ފަދަ ޑިވައިސް އެއް އެސޫސް އިން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ގިނަ ކުންފުނިތަކަކުން މިހާރު އަންނަނީ ވާޗުއަލް ރިއޭލިޓީ ޑީވައިސްތަކެއް އުފައްދަމުންނެވެ. ނަމަވެސް އޯގެމެންޓެޑް ރިއޭލިޓީ ޑިވައިސް އެއް އުފެއްދި ހަމަ އެކަނި ކުންފުންޏަކީ މައިކްރޮސޮޕްޓެވެ.
ދުނިޔޭގެ ހަ ވަނައަށް އެންމެ ބޮޑު ކޮމްޕިއުޓަރު އުފައްދާ ކުންފުނި އެސޫސް އިން މައިކްރޮސޮފްޓްގެ ހޮލޮލެންސް ފަދަ ޑިވައިސް އެއް ހެދުމަކީ ޑިވައިސް އުފެއްދުމުގައި ވާދަވެރިކަން އިތުރުވެގެން ދާނެ ކެމެކެވެ.
އޯގްމެންޓެޑް ރިއޭލިޓީ އެއްވެސް ޑިވައިސް އެއް މިހާތަނަށް އަދި މާކެޓަށް ނެރެފައެއް ނުވެއެވެ. ނަމަވެސް މައިކްރޮސޮފްޓް އިން ހޮލޮލެންސް އަންނަ އަހަރު ނެރުމަށްވަނީ ނިންމާފައެވެ. އަންނަ އަހަރުގެ ފެށޭކޮޅު މާކެޓަށް ނުކުތުމަށް ހަމަޖެހިފައި ހޮލޮލެންސްގެ އަގަކީ 3،000 އެމެރިކާ ޑޮލަރެވެ.
ވާޗުއަލް ރިއޭލިޓީ އާ އަޅާބަލާއިރު ހޮލޮލެންސްގެ ތަފާތަކީ އޭގައި ވަށައިން ފެންނަ މާހައުލަށް އައިނުގެ ޒަރިއްޔާއިން ތްރީޑީ އެލިމެންޓްތައް ދެއްކުމެވެ. ހޮލޮގްރެފިކް އެލިމެންޓްތައް އޯގްމެންޓް ރިއޭލިޓީގައި ބޭނުން ކުރާނެ އެވެ.