20 Oct 2015, 16:02
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު "ގައުމީ ފިލްމް އެވޯޑްސް" މި މަހުގެ 22 ވަނަ ދުވަހުގެރޭ ބާއްވަން ނިންމާފައިވާ އިރު އެވާޑުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ތަރިއަކަށް މަޝްހޫރު ފިލްމީ ތަރި އަދި ނިއުމާ މުހައްމަދު ތިން ފިލްމަކުން ނޮމިނޭޓް ވެއްޖެ އެވެ.
ގައުމީ ފިލްމް އަވާޑުގެ ޓޮޕް ނޮމިނޭޝަންސްތައް އިއުލާނުކުރުމަށް މިއަދު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތުގައި އެންމެ މޮޅު ސަޕޯޓިން ފިރިހެން އަދި އަނެހެން އެކްޓަރާއި އެންމެ މޮޅު އެކްޓަރު އަންހެން އަދި ފިރިހެން އެކްޓަރާއި އެންމެ މޮޅު ޑައިރެކްޓަރުގެ އިތުރުން އެންމެ މޮޅު ފިލްމަށް ނޮމިނޭޓްވި ފަރާތްތައް ވަނީ އިއުލާނުކޮށްފަ އެވެ.
އެންމެ މޮޅު ސަޕޯޓިންގް އެކްޓަރު އަންހެން
- އައިމިނަތު ރިޝްމީ - ފިލްމް ފަނާ
- ޝީލާ ނަޖީބު - ފިލްމް ނިއުމާ
- އައިމިނަތު ރަޝީދާ - ފިލްމް ނިއުމާ
- އައިމިނަތު ސަމިއްޔާ - ފިލްމް ވީރާނާ
- ޝީލާ ނަޖީބު - ފިލްމް ހެޔޮނުވާނެ
އެންމެ މޮޅު ސަޕޯޓިންގް އެކްޓަރު ފިރިހެން
- މުހައްމަދު މަނިކު - ފިލްމް ޒަލްޒަލާ އެނބުރިއައުން
- އަބްދުﷲ މުއާޒް - ފިލްމް ނިއުމާ
- އަލީ ސީޒަން - ފިލްމް ދިންވޭނުގެ ހިތާމާގައި
- އަހުމަދު ނިމާލް - ފިލްމް ޔޫސުފް
- އަހުމަދު ލއިސް އާސިފް - ފިލްމް ޔޫސުފް

އެންމެ މޮޅު އެކްޓަރު އަންހެން
- ޝީލާ ނަޖީބު - ފިލްމް ޒަލްޒަލާ އެނބުރިއައުން
- ނިއުމާ މުހައްމަދު - ފިލްމް ހިއްރޮއްވާނުލާ
- ނިއުމާ މުހައްމަދު - ފިލްމް ނިއުމާ
- ނިއުމާ މުހައްމަދު - ފިލްމް ޔޫސުފް
- އައިމިނަތު ރަޝީދާ - ފިލްމް ފަނާ
އެންމެ މޮޅު އެކްޓަރު ފިރިހެން
- އަހުމަދު ނިމާލް - ފިލްމް ނިއުމާ
- ޔޫސުފް ޝަފީއު - ފިލްމް ވީރާނާ
- ޔޫސުފް ޝަފީއު - ފިލްމް ޔޫސުފް
- ޔޫސުފް ޝަފީއު - ފިލްމް ހެޕީ ބާތު ޑޭ
- އަހުމަދު އަޒުމީލް - ފިލްމް ފަނާ
އެންމެ މޮޅު ޑައިރެކްޓަރު
- ނިއުމާ މުހައްމަދު - ފިލްމް ނިއުމާ
- އަހުމަދު ނިމާލް - ފިލްމް ޒަލްޒަލާ އެނބުރިއައުން
- މުއުމިން ފުއާދު - ފިލްމް ހެޕީ ބާތު ޑޭ
- ފާތިމަތު ނަހުލާ - ފިލްމް ޔޫސުފް
- އައިމިނަތު ރިޝްމީ - ފިލްމް ފަނާ
އެންމެ މޮޅު ފިލްމް
- ފިލްމް ނިއުމާ
- ފިލްމް ހެޕީ ބާތު ޑޭ
- ފިލްމް ވީރާނާ
- ފިލްމް ޒަލްޒަލާ އެނބުރިއައުން
- ފިލްމް ޔޫސުފް
ތަފާތު އެކި ވާހަކައިގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމުތަކެއް ނޮމިނޭޓްވެފައިވާ އިރު ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން ދަނީ އެވާޑުތައް ހާސިލް ކުރާނެ ފިލްމުތަކަކީ ކޮބާތޯ ބަލާލުމަށެވެ. މި ނިމިނޭޝަންސްގެ އިތުރުން ވެސް ފީޗާ ފިލްމުގެ ބައިން 23 ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކުރު ފިލްމުގެ ބައިން ދެނީ އެންމެ އެވާޑެކެވެ. އެއީ އެންމެ މޮޅު ކުރުފިލްމުގެ އެވާޑެވެ.
އެންމެ ފަހުން ގައުމީ ފިލްމް އެވޯޑެއް ބާއްވާފައި ވަނީ 2007 ވަނަ އަހަރު އެވެ.