Last Updated: 1 decade 1 month ago

ނެޝަނަލް އިންކުއަރީ ކޮމިޝަނުން ނޫސްވެރިންނަށް ބާއްވާ ޕްރެސް ކޮންފަރެންސް ރައީސް އޮފީހުގައި ފަށައިފި އެވެ. މިއީ މި ކޮމިޝަނުން މީޑިއާއާ ބައްދަލު ކުރާ ދެ ވަނަ ފަހަރެވެ.
އެންމެ ފުރަތަމަ މީޑީއާއާ ބައްދަލު ކުރުމަށްފަހު ކޮމިޝުން އާންމުކޮށްފައި ވަނީ ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވާ މަންޒަރެވެ.
މި ހަމަލާގެ އެންމެ ފުނަށް އަޅުގަނޑުމެން ދާނަން. މި މައްސަލަ އަޅުގަނޑުމެން ބަލައި، މިކަން ކުރި މީހުންނަށް އެންމެ ހަރުކަށި އަދަބު އަޅުގަނޑުމެން ދޭނަން.
ލޯންޗުކޮޅު ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތުގެ ނަން އާންމު ކުރާނީ އެކަން ކުރި ފަރާތް ޔަގީންވުމުން ކަމަށް އުމަރު ވިދާޅުވި.
ތުހުމަތު ކުރެވޭ ފަރާތުގެ ނަން އަޅުގަނޑުމެން ކިޔާނީ ޔަގީންވީމަ...މިއީ ވަރަށް ބޮޑު މައްސަލައެއް. މިއީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ދެވުނު ފުރަތަމަ ހަމަލާ. މީގެ ކުރިން ހަމަލާތައް ރާވާފައިވާ މައްސަލައެއް. މިއީ އާދައިގެ މައްސަލައަކަށް ވުރެ ކޮންޕްލިކޭޓެޑް މައްސަލައެއް.