20 Oct 2015, 14:33
އަލީ ޝާހިދު (ސްޓެޕް އައްޔަ) ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުން ވަކިކޮށްފި އެވެ.
ސްޓެޕް އައްޔަ ކޯޑިނޭޓަރުގެ މަގާމުން ވަކިކޮށްފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ސަން އަށް ވަނީ ޔަގީން ކޮށްދީފަ އެވެ. ނަމަވެސް އޭނާ ވަކިކުރެއްވި ސަބަބެއް ވިދާޅެއްނުވެ އެވެ.
ސްޓެޕް އައްޔަ އެ މަގާމަށް އައްޔަންކޮށްފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުއެވެ.
ވެރިކަންކުރާ ޕީޕީއެމްގެ އެކްޓްވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ސްޓެޕް އައްޔަ އަކީ ކުރިން ފިލްމީ ދާއިރާގައި ވެސް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ.