ތަފާތު އެކި ދުވަސްމަތިން 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ދެ ދިވެހިންކަމަށް ފުލުހުން ބުންޏެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ، ފުލުހުންނަށް މިމަހު އެއްވަނަ ދުވަހު ހުށަހެޅި މައްސަލައަކާ ގުޅިގެން އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ގއ. ވިލިނގިލިން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.