ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ އިސް މަގާމުތަކަށް ބޭފުޅުން ހަމަޖައްސައިފިއެވެ.

އިސްލާމިކް ޔުނިވާސިޓީން ވަނީ އެޔުނިވާސިޓީގެ އިސް ހަތް މަގާމަކަށް ހަތްބޭފުޅަކު ހަމަޖައްސައި އެކަން އިއުލާން ކޮށްފައެވެ.

އިސްލާމިކް ޔުނިވާސިޓީގެ އިސްމަގާމުތަކަށް ހަމަޖެއްސި ބޭފުޅުން:

  • ކުއްލިޔާ އޮފް ޝަރީއާ އެންޑް ލޯގެ ޑީން: މުހައްމަދު ޝުޖާއު
  • ހެޑްއޮފް ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަން: ޑރ. ދީބާ މޫސާ
  • ކުއްލިޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސްގެ ޑީން: އަހުމަދު ސަލީމް ހުސައިން
  • ކުއްލިޔާ އޮފް އަރަބިކް ލެންގުއޭޖުގެ އެކްޓިން ޑީން: ނަސްރުﷲ މުސްތަފާ
  • ކުއްލިޔާ އޮފް އެޑިޔުކޭޝަންގެ ޑީން: ޑރ. އައިޝަތު ރީޝާ
  • ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް: އަބްދުލަތީފް މުހައްމަދު
  • ލެންގުއޭޖް ލާނިން ސެންޓަރުގެ ހެޑް: އައިޝަތު ޝައިނާ

އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މަގާމުތަކަށް ބޭފުޅުން ހަމަޖެއްސީ އެކަމަށް އިއުލާން ކުރުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިންޓަވިއުކޮށްފައި އެންމެ ރަނގަޅު ބޭފުޅުން ކަމަށެވެ.