19 Oct 2015, 20:15
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗްގައި އީގަލްސްއިން ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ވިކްޓްރީ އިން މެޗް ކާމިޔާބު ކޮށްފިއެވެ.
އީގަލްސްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ ހަ ވަނަ މިނެޓްގައި ސްޕެއިންގެ ފޯވާޑް ރެޔެސް ޖިމެނޭޒް ކާމިޔާބް ކޮށް އީގަލްސް އަށް ވަނީ ލީޑް ނަގައިދީފައެވެ. އީގަލްސް އަށް ލީޑް ފުޅާކޮށްދިން ލަނޑު މެޗުގެ 15 ވަނަ މިނެޓް ގައި ކާމިޔާބް ކޮށްދިނީ މިޑްފީލްޑަރު އަންސާރު އިބްރާހިމެވެ.
ފުރަތަމަ ހާފް އެ ނަތީޖާގައި އޮވެ ނިމުނުއިރު ދެވަނަ ހާފްގެ 55 ވަނަ މިނެޓްގައި ނައިޖީރިއާގެ ފޯވާޑް ގޮޑްފްރޭ ވެސްޓް އަދި 56 ވަނަ މިނެޓްގައި އިބްރާހިމް ޝާތިރު ކާމިޔާބު ކޮށްދިން ދެ ގޯލުން ވިކްޓަރީ ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މިއަދު ހަވީރު ވިކްޓްރީއާއި ކުލަބް އީގަލްސް ކުޅުނު މެޗްގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ވިކްޓްރީ މޮޅު ކޮށްދިން ގޯލް އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް އެ ޓީމަށް ކާމިޔާބް ކޮށްދިން މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގޮޑްފްރޭ ވެސްޓެވެ.
އެ ނަތީޖާއާއެކު ކުޅުނު ހަތް މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ވިކްޓަރީ އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ހަތަރު ވަނައިގައި އޮތް އީގަލްސްއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ލީގުގެ އެއްވަނަ އަދި ދެވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ޓީސީއަށް 14 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާއަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.
ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި މާޒިޔާ އެވެ.