މާލޭގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.

މިއަދު ހަވީރު ފުލުހުން ބަލައި ފާސްކޮށްފައިވަނީ ހ. ހުބާ ނަމަކަށް ކިޔާގެއެކެވެ. އެގެ ބަލައި ފާސް ކުރުމަށްފަހު ފުލުހުން ވަނީ ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެންނެވެ.

އެމައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވަކި އެއްޗެއް ހާމަ ކުރަން ބޭނުންނުވާ ކަމަށެވެ.