ތިން ވަނަ ގައުމީ ހޭންޑް ބޯލް މުބާރާތް، އަށް ޓީމާ އެކު މި މަހު 25ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ގައުމީ ހޭންޑްބޯލް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

މި މަހު 25 އިން އަންނަ މަހުގެ އެކެއް ގެ ނިޔަލަށް ކުރިޔައްދާ އެ މުބާރާތުގައި އަންހެން ޑިވިޝަންގެ ފަސް ކްލަބަކާއި ފިރިހެން ޑިވިޝަންގެ ތިން ކުލަބް ބައިވެރިވެފައިވާ ކަމަށް ގައުމީ ހޭންޑް ބޯލް އެސޯސިއޭޝަނުން ބުނެ އެވެ.

ފިރިހެން ޑިވިޝަންގައި ބައިވެރިވެފައި ވަނީ ޕޮލިސް ކްލަބްއާއި ދިވެހި ސިފައިންގެ ކްލަބް އަދި ކްލަބް އޯލް ސްޓާ އެވެ. އަދި އަންހެން ޑިވިޝަންގައި ބައިވެރިވި ފަސް ޓީމްގެ ތެރޭގައި ހިމެނެނީ ޔޫތް ސްޕޯޓްސް ކުލަބްއާއި ޓީރެކްސް ކުލަބްއާއި ޓީއެސްއޭ އާއި ކްލަބް އޯލްސްޓާ އަދި ކުލަބް ފިއޮންޓީ އެވެ.