މިނިސްޓްރީ އިކޮނަމިކް ޑިވެލޮޕްމެންޓް ހިންގެވުން ވަގުތީ ގޮތުން މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ޑރ. މުހައްމަދު ޝައިނީއާ ހަވާލުކުރައްވައިފި އެވެ.

އެ މިނިސްޓްރީ ހިންގެވުން ޝައިނީއާ ހަވާލުކުރެއްވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ޗައިނާގެ ބެއިޖިންގައި އޮންނަ އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންފައިވާތީ ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.

މިއަދު ފަށާ އިންވެސްޓްމެންޓް ފޯރަމްގައި 700 އަށް ވުރެ ގިނަ ކުންފުނިން ބައިވެރިވާ ކަމަށް އިކޮނަމިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ފޯރަމް ބާއްވާ ގައުމު، ޗައިނާ، ސިންގަޕޫރު، އޮސްޓްރޭލިއާ، އިންޑިއާ، ސްރީލަންކާ އަދި އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ކުންފުނިތައް ހިމެނެ އެވެ. އިންވެސްޓްމެންޓް ފޯރަމްގެގައި ރާއްޖޭގެ ގާތްގަނޑަކަށް 150 ބައިވެރިވެ އެވެ.