އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެހިފައިވާ ފުޓްބޯޅަ އެސޯސިއޭޝަން ި އެހެން ނަމަވެސް މިހާރު ކަނޑައެޅިފައިވާ ތާރީޚުގައި އެ އިންތިޚާބު ބާއްވާނޭ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމްގެ މީޑިއާ އޮފިޝަލް ޝިމާޒް އަލީ މިރޭ ވިދާޅުވީ، "އިންތިޚާބު ފަސްކުރުމަށް އެދި އަޅުގަނޑުމެންނަށް ވަނީ މިނިސްޓްރީން ސިޓީއެއް ލިބިފައި. އެހެން ނަމަވެސް ޝެޑިއުލް ކުރެވިފައިވާ ގޮތަށް އެފްއޭއެމުން އިންތިޚާބު ކުރިއަށް ގެންދާނެ،" ކަމަށެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ އިންތިޚާބު ފަސްކުރަން ކުޅިވަރާބެހޭ ވުޒާރާއިން އަންގާފައި ވަނީ، އެފްއޭއެމްއާ ގުޅުންހުރި ކޮރަޕްޝަން މައްސަލަތަކެއް އޭސީސީއަށް ހުށަހެޅިފައި ވާތީއާއި އެފްއޭއެމްގެ ގަވައިދަށް ގެނެސްފައިވާ ބަދަލުތަކަކާ ގުޅިގެންނެވެ.

އެގޮތުން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު ޒުހޫރު މިރޭ ސަންއަށް ވިދާޅުވީ، އެފްއޭއެމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ހުރުމާއެކު އެ ކަންކަން ބެލުން އެއީ ކުޅިވަރާ ބެހޭ ވުޒާރާގެ ޒިންމާއެއް ކަމަށްވާތީ އެފްއޭއެމްގެ އިންތިޚާބު މިވަގުތަށް ފަސްކޮށްލުމަށް އެދިވަޑައިގެން އެ އިދާރާއަށް މިއަދު ސިޓީއެއް ފޮނުއްވާފައި ވާނޭ ކަމަށެވެ.

ޒުހޫރު ވިދާޅުވީ، "އެފްއޭއެމްގެ މައްޗަށް ކުރެވޭ ބައިވަރު އެލެގޭޝަންސްތަކެއް އެބަހުރި. އެހެންކަމުން އެފަދަ ކަންކަން ބެލުމަކީ މިނިސްޓްރީގެ ޒިންމާއެއް،" ކަމަށެވެ.

ޝިމާޒު ވިދާޅުވީ، އެފްއޭއެމްގެ އިންތިޚާބު ބާއްވަން ކުރިންވެސް ހަމަޖެހިފައިވާ ތާރީޚް ކަމަށްވާ 22 އޮކްޓޫބަރު 2015 ގައި އެ އިންތިޚާބު އޮންނާނޭ ކަމަށެވެ.

އެފްއޭއެމްގެ އިންތިޚާބު ފަސްކުރުމަށް ޔޫތު މިނިސްޓްރީން އަންގާފައި ވާއިރު، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން މިދިޔަ ހުކުރު ދުވަހު ވަނީ، ކުވޭތުގެ ފުޓްބޯޅައިގެ މައި އިދާރާއަށް ކުވޭތު ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ އެ އިދާރާ ސަސްޕެންޑްކޮށްފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފީފާއިން ވަނީ، އޮކްޓޫބަރު 15ގެ ކުރިން ކުވޭތުގެ ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމަށް އަންގައިފައެވެ. އަދި އެގޮތަށް އަމަލު ނުކުރުމުން ކުވޭތުގެ އެފްއޭ ސަސްޕެންޑުކޮށް ފީފާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ސަސްޕެންޝަން އުވާލެވޭނީ ކުވައިތުގެ އެފްއޭގެ މެންބަރު ކުލަބުތަކުން އެ ކްލަބުތަކުގެ މަސްޢޫލިއްޔަތުތައް މިނިވަންކަމާ އެކު އުފުލަން ފެށުމުންނެވެ.

މީގެ އިތުރުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމީޓީ އިން ވެސް ވަނީ ކުވޭތުގެ ކުޅިވަރުގެ ގާނުނަށް މިމަހު 27 ވަނަ ދުވަހުގެ ކުރިން އިސްލާހް ގެނެސް ނިންމުމަށް މުއްދަތު ދީފައެވެ.