އެފްއޭއެމްގެ ރައީސްގެ މަގާމަށް ވާދަކުރައްވާ މުހައްމަދު ޝަވީދު، އޭނާގެ ދެ ނައިބުންގެ ގޮތުގައި ކުރިން ގައުމީ ޓީމަށް ކުޅުނު އަދި މިހާރު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ މެމްބަރުން އަލީ އުމަރާއި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ކުރައްވާފައިވާ މުޙައްމަދު ހާނިމްގެ ނަން ހުށަހަޅައިފިއެވެ.

އެފްއޭއެމް އިން މިދިޔަ މަހު ފާސްކުރި އާ އަސާސީ ގަވާއިދުގައި ވާގޮތުން އިންތިހާބުގައި ވާދަކުރާ މީހަކަށް ދެން ހުރި މަގާމްތަކަށް އޭނާ ބޭނުންވާ ކެންޑިޑޭޓުންގެ ލިސްޓެއް ހުށަހަޅައި އެ ލިސްޓަށް ވޯޓަށް އަހާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މިމަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ޝަވީދުގެ ފަރާތުން ޝަވީދު ހުށަހަޅާފައިވާ ނަންތައް މިހާރު ވަނީ ހުރިހާ ކްލަބުތަކަށް ފޮނުވާފައެވެ.

މިމަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ޝަވީދުގެ ފަރާތުން ޝަވީދު ހުށަހަޅާފައިވާ ނަންތައް--

އެފްއޭއެމުން މިއަދު މީޑިއާއަށް ހިއްސާކުރި ލިސްޓުގައި އެއިދާރާގެ އެކްސްކޯ އަށް ދެން ހުށަހަޅާފައިވާ ހަ މެމްބަރުންނަކީ އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމަންޓުގެ ހެޑް އަހުމަދު ޝަކީބް އާއި އޭއެފްސީ ވިމެންސް ކޮމިޓީގެ މެމްބަރު މަރިޔަމް މުހައްމަދު (މާޔަން) އާއި ބެންކް އޮފް މޯލްޑިވްސްގެ ކުރީގެ މާކެޓިން ޑައިރެކްޓަރު އައިޝަތު ޒަމްރާ ޒާހިރު އާއި ހައްސާން ހަމީދު އާއި ހަސަން މުހައްމަދު އަދި މުހައްމަދު ޝިނާން (ނާނި) އެވެ.

ވަކިވަކި ފަރުދުންގެ ގޮތުގައި އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފައިވާއިރު އެ އިންތިހާބްގައި ވާދަކުރަން ޖެހޭނީ ޓީމެއްގެ ގޮތުގައެވެ.

އިންތިހާބުގައި ވާދަކުރުމަށް ވޯޓުލެވޭ 44 ކުލަބުގެ ތެރެއިން ފަސް ކުލަބުގެ ވޯޓު ހޯދަންޖެހޭނެ އެވެ. މީގެ ތެރެއިން ތިން ކުލަބަކީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ވާން ޖެހެ އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ޝަވީދު އެކަންޏެވެ. އެހެންކަމުން އިންތިހާބުގައި ވޯޓުލާނީ ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށެވެ.