18 Oct 2015, 16:16
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމް ކޮށްގެން ބޭއްވި އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން މުހައްމަދު ޝަރީފް ހޯދައިފި އެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު އެ މުބާރާތުގެ ފައިންލް މެޗްގެ ޗެމްޕިއަންކަން ޝަރީފް ހޯދީ ހުސެއިން ސަނީފްއާ ވާދަކޮށް 3-11 ފްރޭމް އިން މެޗު ކާމިޔާބުކޮށްގެންނެވެ.
އެ މުބާރާތުގެ ފައިނަލް މެޗަށް ފަހު ޗެމްޕިއަން އަދި ރަނަރަޕް ކުޅުންތެރިއާ އަށް އިނާމް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ ނަސީރު އިސްމާއިލް އެވެ.
އެގޮތުން ޗެމްޕިއަންކަން ހޯދި ޝަރީފް އަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނު އިރު ރަނަރަޕް ކުޅުންތެރިއާ، ސަނީފް އަށް 1500 ރުފިޔާގެ ފައިސާގެ އިނާމްވަނީ ހަވާލު ކޮށްފަ އެވެ.
އެ މުބާރާތުގައި ޖުމްލަ 47 ކުޅުންތެރިން ވާދަކޮށްފައިވާ އިރު މުބާރާތުގެ ގްރޫޕް ސްޓޭޖު ކުރިއަށް ގެންދިޔައީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.