ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިރަލްހުމާއި އަރިދަފުސްރޯގާ އަދި ބޭރަށް ހިނގުން ފެތުރެމުން ދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ އެފަދަ ބަލިތަކަކީ އެކަކު ގައިން އަނެކަކު ގަޔަށް ފަސޭހައިން އަރާ ބަލިތަކަކަށް ވާތީ އެފަދަ ރޯގާތައް ޖެހުމާއި ފެތުރުމުން ހުއްޓުވުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

ހުމުން ރައްކާތެރިވާނެ ގޮތް

1.ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން

2.ގިނަގިނައިން ދިޔާ އެއްޗެތި ބުއިން

3.މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުން

4.ހުން އައިސް ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން

އޭގެ އިތުރުން ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ސާފު ތާހިރުކަން އިތުރު ކުރުމަށާއި ކޯބާތަކެތި ރަނގަޅަށް ކައްކައިގެން ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.